ވީއައިއޭގައި ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކޮށްފި

ވީއައިއޭގައި ކާގޯ އުފުލާ އުޅަނދުތައް: ވީއައިއޭގައި ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑުކޮށްފި -- ފޮޓޯ/ ވީއައިއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެކި ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑުކޮށްފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލްއިން މި އަގުތައް ބޮޑުކޮށްފައި ވަނީ ވީއައިއޭގެ އެކިއެކި އޮޕަރޭޝަންތަކަށާއި ފަސިންޖަރުންގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތައް ގިނަވުމާ ގުޅިގެން، އެއާޕޯޓު ބާރު ބޮޑު ވުމުންނެވެ.

ނަމަވެސް ފީތައް ބޮޑުކުރީ ކިހާ ވަރަކަށް ކަމެއް ޔަގީނެއް ނޫނެވެ.

އެމްއޭސީއެލްއިން މި އަގުތައް ކަނޑައަޅަނީ ސެޓްފިކެޓް އޮފް އެންޓައިޓްލްމަންޓް (ސީއޯއީ) ނިޒާމުގެ ދަށުންނެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު އެތެރެއާއި ބޭރުގެ ދަތުރުފަތުރުތައް ވެސް އިތުރުވާނެއެވެ. އެހެންކަމުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް މިއީ ބާރު ބޮޑު ދުވަސްކޮޅެކެވެ.

comment ކޮމެންޓް