އައްޑޫ ސިޓީ، ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އެ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދީ ސ. ފޭދޫ، ހަމްދަރުދީގެ، 19 އަހަރުގެ ޙައްވާ ރާއިދާ މުނީރެވެ. ރާއިދާ ހޯދީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މެންދުރުފަހު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އޭގެ ފަހުން އަށްގަޑިއިރެއްހާއިރު ވެފައިވާއިރު މިހާރު އޭނާ ހޯދައިފައިވާކަމަށް ސ. ގަން ޕޮލިސް ސްޓޭޝަނުން ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.
ގެއްލިގެން މިފަދައިން ރިޕޯޓުކުުރުމާއެކު މަދު ފަހަރެއްގައި ނޫނީ، ވަރަށް އަވަހަށް އެ ފަދަ މީހުން ފެނެއެވެ.