މާމިގިލީ މަގުތައް ނުނިމި ހަތް އަހަރު، އަނެއްކާވެސް މަގު ހަދަން ފަށައިފި

މާމިގިލީގެ މަގު ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ --- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ނުނިމި އޮތް، އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް އަލުން މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ.

މާމިގިލީގެ މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ފެށީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި 2018ވަނަ އަހަރެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި, މާމިގިލީ މަގު ހަދައި 14 މަހުން ނިންމާ ގޮތަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މަސައްކަތް ހަވާލުކުރިއެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައިނުވެއެވެ.

މާމިގިލި ކައުންސިލުން 'ސަން'އަށް މިއަދު ބުނީ، މަގުތައް ހެދުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި، ނަމަވެސް މަގުތައް ހެދުމުގެ މަސައްކަތް ދިޔައީ މަޑު ދުވެއްޔެއްގައި ކަމަށެވެ.

މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން މިފަހަރުވެސް ހަވާލުކުރީ އާރުޑީސީއާއެވެ.

comment ކޮމެންޓް