އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 13 ވަނަ ނަސީބުވެރިޔާ އިއުލާންކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިންގެ ދަށުން، ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭއިރު، ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ލިބޭނެއެވެ.
އެ ކެމްޕޭނުގެ 13 ވަނަ ނަސީބުވެރިޔަކަށް ހޮވުނީ އައްޑޫ ސިޓީ ހިތަދޫ، އައިޝަތު މުހައްމަދު ދީދީ އެވެ. އެއާއެކު، ލަކީޑްރޯއިން އޭނާއަށް ވަނީ އުމްރާ ދަތުރެއް ލިބިފައެވެ.
އުރީދޫގެ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ގޮތްތަކަކީ:
- އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން
އުރީދޫ މޯލްޑިވްސްގެ ޚިދުމަތް ފެށީ އޮގަސްޓު 1، 2005ގައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ކުރު މުއްދަތުގައި އެ ކުންފުނިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ.
އުރީދޫން މިހާރު ކުރިއަށްގެންދާ ކެމްޕޭނަކީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓުން ލިބޭނެއެވެ.