އުރީދޫގެ 40 އެމްބީޕީއެސް ނުވަތަ މަތީ ޕެކޭޖެއް ނަގައިގެން ސްމާޓް ހޯމް ޑިވައިސެއް ހޯދުމުގެ ފުރުސަތު

އުރީދޫގެ އިމާރާތް: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ސާޅީސް އެމްބީޕީއެސް އަންލިމިޓެޑް، ނުވަތަ "ސުޕަނެޓު"ގެ އެއަށް ވުރެ މަތީ ޕެކޭޖެއް ނަގައިގެން "ސްމާޓާ" ހޯމް ޑިވައިސެއް ހޯދުމުގެ ފުރުސަތު އުރީދޫން މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، ވަކި ދުވަސްތަކެއް ވަންދެން ހުޅުވާލި މި ޕްރޮމޯޝަންގެ ދަށުން، އުރީދޫގެ ބްރޯޑްބޭންޑު އިންޓަނެޓު ޚިދުމަތް ކަމަށްވާ ސުޕަނެޓުގެ އަންލިމިޓެޑު ޕެކޭޖުތަކުގެ ތެރެއިން 40 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ސްމާޓް ހޯމް ޑިވައިސް ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ ސީދާ މުއްދަތެއް އުރީދޫން ހާމަ ނުކުރެއެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އުރީދޫން ދޭނީ "އީޒެޑްވިޒް" ބްރޭންޑުގެ ޑިވައިސްތައް ކަމަށް، އުރީދޫން މައުލޫމާތު ދެއެވެ.

އެގޮތުން ސުޕަނެޓް އަންލިމިޓެޑްގެ 40 އެމްބީޕީއެސްގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ހިލޭ އީޒެޑްވިޒް ކެމެރާއެއް ލިބޭއިރު، 50 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އީޒެޑްވިޒް ބްރޭންޑުގެ ކެމެރާއަކާއެކު ކްލައުޑް ސްޓޯރޭޖު ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ސްމާޓް ހޯމް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެ، ގޭގައި ކަންކަމުން ހިނގަމުންދާ ގޮތް ފަސޭހައިން ބަލާލެވޭނެ ކަމަށެވެ.

https://sun.mv/204999

އުރީދޫން ސްމާޓާ ހޯމް އިނީޝިއޭޓިވެއް ތައާރަފްކުރީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހެވެ.

ކޮންމެ ސުޕަނެޓު ޕެކޭޖަކާއެކު، ކަސްޓަމަރުންނަށް ބަންޑެލިކޮށް ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ނެގުމުގެ ފުރުސަތު އުރީދޫން އޭރު ހުޅުވާލިއެވެ.

comment ކޮމެންޓް