ކިނޮޅަހާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކޯސްޓްގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ: ކިނޮޅަހާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި -- ފައިލް ފޮޓޯ/ އެމްއެންޑީއެފް

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ކިނޮޅަސް ކައިރީ ކަނޑުމަތިން، މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ނަމަވެސް މިހާތަނަށް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

މޫސުން ގޯސްވާ ދުވަސްވަރު މޫދާ ފައިބާ ބައެއް މީހުން ނުވަތަ، ކަނޑު އުޅަނދަކުން ވެއްޓޭ މީހުން ނުފެނި ބައެއް ފަހަރު ގިނަ ދުވަސްތަކެއްވުމަށް ފަހު، ކަނޑުމަތިން ފެނެއެވެ.

comment ކޮމެންޓް