ވެނެޒުއޭލާއަށް ހަމަލާތައް ދީ، ރައީސް ގައުމުން ބޭރަށް ފޮނުވާލައިފިން: ޓްރަމްޕް

ވެނެޒުއޭލާއަށް ހަމަލާ ދިނުން: ވެނެޒުއޭލާއަށް ހަމަލާތައް ދީ، ރައީސް ގައުމުން ބޭރަށް ފޮނުވާލައިފި ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ/ އޭއެފްޕީ

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާތަކެއް ދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ހިފަހައްޓައި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާންކުރައްވައިފިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ތަކުރާރުކޮށް ވެނެޒުއޭލާއަށް އިންޒާރުދެއްވައިފައެވެ. އެގޮތުން މިދިޔަ މަހުގެ 23ގައި ދެއްވި އިންޒާރެއްގައި ވަނީ، މަޑޫރޯއަށް ބުއްދިވެރި ގޮތަކީ ވެރިކަން ދޫކުރައްވައި ވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް އެ އިންޒާރުތައް ދެއްވަނީ، ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ.

އޭގެ ފަހުން މިއަދު ވެނެޒުއޭލާއަށް އަމާޒުކޮށް ހަމަލާތައް ވަނީ ދީފައެވެ.

އެ ހަމަލާތަކުގެ ރިޕޯޓުތައް އާންމުވި ފަހުން، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ، ޓްރުތުގައި ލިޔުއްވާފައިވާ ގޮތުގައި އެ ހަމަލާތައް ދީފައިވަނީ އެމެރިކާގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކާ ގުޅިގެންނެވެ. އަދި މަޑޫރޯއާއި އަނބިކަނބަލުން ހިފަހައްޓައި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ލިޔުއްވާފައިވަނީ އިތުރު ތަފުސީލުތައް ފަހުން ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް