މާފަންނުގައި "އެންޒީ"ގެ އައު ފިހާރައެއް ހުޅުވައިފި

މާފަންނުގައި އަލަށް ހުޅުވި އެންޒީ ފިހާރަ: މި ފިހާރައިން އެންޒީގެ ހުރިހާ އުފެއްދުންތައް ލިބެން ހުންނާނެ ---

މާލެ، މާފަންނުގައި އެންޒީގެ އައު ފިހާރައެއް މިއަދު ހުޅުވައިފިއެވެ.

ބިސްބުރު ކައިރީގައި އަލަށް ހުޅުވި، މި ފިހާރައިން އެންޒީގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެއެވެ.

ތާޒާ ރޯމަހާއި ފަރުމަހާއި އެންޒީ ރިހާކުރާއި ފިހެފައި ހުރި ބޭކަރީ އުފެއްދުންތަކާއި ޗިލީ ސޯހާއި ވަޅޯ މަސް ފަދަ ތަކެތި އަލަށް ހުޅުވި ފިހާރައިން ލިބޭނެއެވެ.

ރިހާކުރަށް މަޝްހޫރު އެންޒީގެ ފިހާރައެއް މާފަންނުގައި ހުޅުވުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން އެންޒީގެ އުފެއްދުންތައް ގަނެލަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެއެވެ. އަދި، އެންޒީގެ ފިހާރަތައް ހުންނަ އެހެން ހިސާބުތަކަށް ނުގޮސް، ވަގުތު ވެސް ސަލާމަތްވާނެއެވެ.

އެންޒީ އިން ބުނި ގޮތުގައި، ހޯމް ޑެލިވަރީގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެއެވެ.

މިއަދު އަލަށް ހުޅުވި ފިހާރަ ނުލައި، މާލެއާއި ހުޅުމާލޭގައި އެންޒީގެ ފިހާރައެއް ހުރެއެވެ. ހޯލްސޭލް އަދި، ރީޓެއިލްކޮށް ވެސް މުދާ ވިއްކާ އެންޒީގެ ފިހާރަތައް ކޮންމެ ދުވަހަކު ހެނދުނު 06:30އިން 22:30އަށް ހުޅުވާފައި ހުންނާނެއެވެ.

ހުކުރު ދުވަސްތަކުގައި ހުޅުވާނީ، ހެނދުނު 06:30 އިން 10:30އަށާއި 14:00އިން 17:00އަށެވެ.

އެންޒީގެ ފިހާރަތަކަށް ގުޅޭނެ ނަމްބަރުތައް:

  • މާލެ، ދޮންއަދަރާދަ ހިނގުމުގައި ސްޓެލްކޯ ކައިރީ ހުންނަ އެންޒީ ފަހެއް: 7248899
  • ހުޅުމާލެ، ގާޒީ ސުކޫލު ކައިރި އިރުދޭމާ ހިނގުމުގައި ހުންނަ އެންޒީ ދޭއް: 7258899
  • ބިސްބުރު ކައިރީ ހުންނަ އެންޒީ މާފަންނު: 7288899
comment ކޮމެންޓް