ހެދުން އެޅުމުގެ ގަވައިދަށް ޝާހިދު: އެ އުޅެނީ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ ސަރުކާރުން އުޅެނީ އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަން ކަމަށް --

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އާ ގަވައިދަކީ، އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުން ކަމަށާއި އެއީ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ޑްރެސް ކޯޑަށް މިހާރު ގެނެސްފައިވާ ބަދަލަކީ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ހައްގުތައް ނިގުޅައިގަތުމުގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

އަދި އެ ފިޔަވަޅުތަކަކީ އަންހެނުންނަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ބުނެވެނީ އެއީ، އާއްމު ތަންތަނުގައި އަންހެނުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު މިފެންނަނީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ދަށްވަމުންދާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މިކަމަށް ނިމުމެއް ވެސް ނެތް. [ސަރުކާރުން] ކާމިޔާބީގެ ގޮތުން ދައްކާނެ އެއްވެސް ކަމެއް ނެތް ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކި މިސްރާބެއް ނުވަތަ ފޯކަސްއެއް ނެތި. ދައްކާނެ އެއްޗެއް ނެތް ހިނދު މިފަދަ ބިރު ދެއްކުމުގެ ޓެކްޓިކްސްތައް ދެން ބޭނުންކުރާނީ،

ޝާހިދު އެފަދައިން ވިދާޅުވި އިރު، ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލްކޮށް ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވައިދު އިސްލާހުކޮށްފައިވާ ގޮތާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނައި މީގެ ހަފުތާތަކެއް ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކުރި ފަހުންނެެވެ.

https://sun.mv/216097

އިސްލާހުކޮށްފައިވާ ގަވައިދަށް ވަނީ ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއް މާއްދާއަކީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފްސީލްތަކެކެވެ. އެއާއެކު އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.

އާ ގަވައިދުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެއް ކަމަށް ކަނޑައަޅައިފިއެވެ. ނަމަވެސް އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ތަފްސީލް ދިންއިރު، މި އިސްލާހުގައި ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތުގެ ވާހަކައެއް ހިމަނާފައި ނެތެވެ.

އާ އިސްލާހުގައި ވާގޮތުން އަންހެން މުވައްޒަފުންގެ ހެދުން ވެސް ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށެވެ.

comment ކޮމެންޓް