ވ. އަތޮޅު ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، 27 އަހަރުގެ އަންހެނަކު އެ ރިސޯޓުގައި ބަލިވެ އިނދެ، ކުއްޖާ މަރުވެފައިވާ ކަމަށް ނުވަތަ ބައިގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 10:06 ހާއިރު ކަމަށެވެ.
އިތުރު ތަފްސީލެއް ހިއްސާނުކޮށް ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ބަނޑުބޮޑުވެ، ކުދިން މަރުވާ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި އެބަ ހުއްޓެވެ. މިގޮތުން، ބައެއް ފަހަރަށް އަށާރަ އަހަރުން ދަށުގެ ކުދިން ވެސް ބަނޑުބޮޑުވެފައި ހުރި މައްސަލަތައް ހިމެނެއެވެ.