އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި މި ފުރުސަތު ލިބެނީ, މުޙައްމަދު ދިފްރާން ޢަޒީޒަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިފްރާން އާއި އޭނާގެ ބައިވެރިއަކަށް އޮސްޓްރޭލިއަން އޯޕަން 2026ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. މީގެ ތެރޭގައި ދެމީހުންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ހިމެނެއެވެ.

މިދިޔަ ސެޕްޓެމްބަރު އެކަކުން އޮކްޓޫބަރު 31 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ބީއެމްއެލް މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ މެދުގައެވެ. މިއީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެއް ކަމަށް ބޭންކުން ބުނެއެވެ.

މާސްޓަކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން މި އަހަރު ބީއެމްއެލްއިން ވަނީ މާސްޓަ ކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލާލުމުގެ ފުރުސަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔާ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައެވެ.

comment ކޮމެންޓް