މިދިޔަ އަހަރު އާރްޑީސީއާއި ފެނަކައިގެ ގެއްލުން 437 މިލިއަން ރުފިޔާގައި

މިދިޔަ އަހަރުގެ ބޮޑުބައިގައި ފެނަކަ ހިންގުމުގައި ހުންނެވި މުއާޒާއި އާރުޑީސީ ހިންގެވުމުގައި ހުންނެވި، ޒުހައިރު--

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ފެނަކަ ކުންފުންޏަށް އެކަނި ވެސް މިދިޔަ އަހަރު 437 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ދޯހަޅިކޮށް ހިންގާކަމުގެ ޝަކުވާ ބޮޑީ ފެނަކައާއި އާރްޑީސީގެއެވެ.

ޕީސީބީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ފެނަކައަށް 208 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރު އެ ކުންފުންޏަށްވީ 811 މިލިއަން ރުފިޔާއާ އަޅާބަލާއިރު ރަނގަޅު ވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ފެނަކައަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ.

ފެނަކައަކީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ކުންފުންޏެކެވެ. އަދި، ސިޔާސީ ބޭނުމުގައި ބޭނުންނުވާ މިންވަރަށް އިއުލާނު ވެސް ކުރުމަކާ ނުލާ މުވައްޒަފުން ނަގާކަމުގެ ތުހުމަތު ބޮޑެވެ.

https://sun.mv/215295

މިދިޔަ އަހަރު އެންމެ ބޮޑަށް ގެއްލުންވީ އާރްޑީސީއަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނު 173 މިލިއަން ރުފިޔާގެ ގެއްލުމާ ބަލާއިރު އިތުރުވުމެކެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް 113.73 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައާއި އާރްޑީސީއަކީ ވެސް ކޮރަޕްޝަންގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ ދެ ކުންފުންޏެވެ. އެ ތުހުމަތުތައް ކުރެވޭއިރު 2021 ގެ ފަހުން އާރްޑީސީ އޮޑިޓްކޮށްފައެއް ވެސް ނުވެއެވެ.

https://sun.mv/215325

ޕީސީބީގެ ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މިދިޔަ އަހަރު 39،000 އެއްހާ މުވައްޒަފުން ތިއްބެވެ. އެއީ، 2023 ވަނަ އަހަރު ހުރި 35،000 އާ ބަލާއިރު 4،000 އެއްހާ މުވައްޒަފުންގެ އިތުރުވުމެކެވެ. ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު އިތުރުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

ސަރުކާރު ކުންފުނިތައް ހިންގަން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

މިދިޔަ އަހަރު ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި، ސަބްސިޑީގެ ގޮތުގައި ވެސް ކުންފުނިތަކަށް މިދިޔަ އަހަރު ވަނީ 3.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހީގެ ގޮތުގައި ވެސް ކުންފުނިތަކަށް 221 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

comment ކޮމެންޓް