ލައްކައަކަށްވުރެ ގިނަ މީހުން މިހާރު ވެސް ރަޖިސްޓްރީކޮށްފައިވާ ފަހިޕޭ އެޕްލިކޭޝަނަކީ ރާއްޖޭގައި ޕޭމަންޓު ޚިދުމަތްތަކަށް ބޭނުންކުރާ އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ. ފަހިޕޭއަކީ ވަރަށް ގިނަ ޚިދުމަތްތަކެއް މިހާރުވެސް ދެމުން އަންނަ، އެމްއެމްއޭއިން ލައިސަންސް ދޫކޮށްފައިވާ، ޕޭމަންޓް ޚިދުމަތް ދޭ ކުންފުންޏެކެވެ.
ފަހިޕޭއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ރިލޯޑު، ރާސްޓަސް، މޯބައިލް ބިލް ދެއްކުން، އިންޓަނެޓް ބިލް ދެއްކުން، ކޭބަލް ޓީވީ ބިލް ދެއްކުން، ކަރަންޓު ބިލް އަދި މިނޫންވެސް މި ބާވަތުގެ ގިނަ ޚިދުމަތްތަކެއް ހިމެނެއެވެ.
މީގެ އިތުރުން، ކައުންސިލްތަކަށް ޚާއްސަކޮށްގެން ފަހިޕޭއިން ތައްޔާރުކޮށްފައިވާ ޕޭމަންޓު ޕޯޓަލް އަކީ ޒަމާނާއެއްގޮތަށް ފައިސާ ބަލައިގަތުމަށް ހަދާފައިވާ ޕޯޓަލްއެއްކަން ފާހަގަ ކޮށްލެވެއެވެ. މި ޕޯޓަލްގެ ސަބަބުން ކައުންސިލްތަކުން އެކި ކަންކަމަށް އެކިގޮތްގޮތުން ބަލައިގަންނަ ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް ފަސޭހަވެއެވެ. އެގޮތުން، ކައުންސިލްތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ފައިސާއާއި، އެނޫންވެސް ގޮތްގޮތުން ލިބޭ ފައިސާގެ ހިސާބުތައް ފަސޭހަކޮށް ބެލެހެއްޓޭނެ ގޮތަށް ވަނީ ހަދާފައެވެ.
މި ޕޯޓަލް ބޭނުންކުރާ ކައުންސިލްތަކަށް، ފަހިޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން، ކޮންމެ މީހަކަށް ވެސް އެ މީހަކު ފައިސާ ދައްކަންޖެހޭ ބިލްތައް ސީދާ ފަހިޕޭ އެޕްގެ ތެރެއިން ފެންނަ ގޮތްވެ، ޖޫރިމަނާއެއް ދައްކަންޖެހޭ ނަމަ އެކަމުގެ ތަފުސީލު ފަސޭހަކަމާއެކު ފޯނުން ބަލައިލެވޭނެއެވެ. އަދި ކައުންސިލްތަކުން ބިލް ޖަނަރޭޓް ކުރުމުން ކަސްޓަމަރަށް ވަގުތުން ނޯޓިފިކޭޝަންވެސް ލިބޭނެއެވެ.
ކައުންސިލްތަކަށް މި ޕޯޓަލްގެ ސަބަބުން ލިބޭ ފަސޭހަތަކަށް ބަލާއިރު، ކައުންސިލުން ފައިސާ ބަލައިގަންނަ ޚިދުމަތްތަކާއި، ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ މައުލޫމާތު ފަސޭހައިން މެނޭޖުކުރެވޭގޮތް ހުރުމާއި، މަހުން މަހަށް ޖަނަރޭޓު ކުރަންޖެހޭ ރިކަރިން ބިލްތައް، މިސާލަކަށް ކުނި ފީގެ ބިލްތައް އެންމެ ފިތަކަށް އޮބާލުމުން ފަސޭހަކަމާއެކު ހުރިހާ ކަސްޓަމަރުންނަށް ވަގުތުން ބިލް ތައްޔާރު ކުރެވުން ހިމެނެއެވެ.
މީގެ އިތުރުން ލިބޭ ފައިސާގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފަސޭހަކަމާއެކު ޕޯޓަލްގެ ތެރެއިން ޑައުންލޯޑު ކުރެވެން ހުރުން ފާހަގަ ކޮށްލެވެއެވެ. މި ޚިދުމަތަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކައުންސިލްތަކަށް ފަހިޕޭއިން މުޅިން ހިލޭ ދޭ ޚިދުމަތެއްކަން ފާހަގަ ކޮށްލެވެއެވެ.
މި ޚިދުމަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކައުންސިލްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ޝައުގުވެރިވާ ކައުންސިލްތަކުން [email protected] އަށް މެއިލްކޮށްގެން، މި ޕޯޓަލްގެ ޚިދުމަތަށް އެދެވޭނެއެވެ.
ފަހިޕޭ އެޕް، ގޫގުލް ޕްލޭސްޓޯ އަދި އެޕަލްގެ އެޕްސްޓޯ އިން ޑައުންލޯޑު ކޮށްލެވޭނެއެވެ.
ޕްލޭސްޓޯ ލިންކު: https://play.google.com/store/apps/details?id=mv.fahipay
އެޕްސްޓޯ ލިންކު: https://apps.apple.com/mv/app/fahipay/id1273759375