އުރީދޫ ފަން ރަން މިއުޒިކް ޝޯ، މި މަހުގެ 18 ވަނަ ދުވަހު ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫއިން ބުނީ އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓަރަލް ޕާކުގައި، މިމަހުގެ 18 ވަނަ ދުވަހުގެރޭ 8:00އިން 11:59އަށް ކަމަށެވެ.
އުރީދޫއިން ބުނި ގޮތުގައި މި ފަހަރުގެ ޝޯ، އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެންނާނެއެވެ. އޭގެ ތެރޭގައި ޓްރެފިކްޖޭމް، އިކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނެއެވެ.
އެ ޝޯ ވާނީ ފަންރަންގެ ބައިވެރިންނަށާއި އާއިލާތަކަށާއި މިއުޒިކަށް ލޯބި ކުރާ އެންމެންނަށް ވެސް ހިތްގައިމު މާހައުލަކަށް ކަމަށް އުރީދޫން ބުންޏެވެ. .
އުރީދޫން ބުނެފައިވަނީ އުރީދޫ ފަންރަން އަކީ ހަމައެކަނި ދުވުމެއް ނޫންކަމަށާއި، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއްކަމަށެވެ. އަދި އަމާޒަކީ ވެސް އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމާއެކު، ދިވެހި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ހިތްވަރު ދިނުންކަމަށްވެސް އުރިދޫއިން ވަނީ ބުނެފައެވެ.
އުރީދޫ ފަން ރަން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހެވެ.