'ޝޯލޭ'އަށް 50 އަހަރު: މި ވަގުތު ދުނިޔޭގައި ތިބީ ފިލްމުގައި މަރުވި ދެ ތަރިން

ފިލްމު "ޝޯލޭ"ގެ ލީޑް ތަރިން ކަމަށްވާ އަމީތާބް ބައްޗަން އަދި ކުރީގެ އެކްޓަރު ދަރުމެންދްރަ--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ތަޖުރިބާކާރު ފިލްމު ޑައިރެކްޓަރު ރަމޭޝް ސިއްޕީގެ ފިލްމު "ޝޯލޭ" ރިލީޒްކުރިތާ 50 އަހަރުވެފައިވާއިރު ފިލްމުގެ ކާސްޓުގައި އެކްޓަރުންގެ ގޮތުގައި މަސައްކަތްކުރި 12 ބަތަލަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ފިލްމު "ޝޯލޭ"ގެ ލީޑް ރޯލްތަކުން ފެށިގެން ސަޕޯޓިންގް ރޯލްތަކާ ހަމައަށް ބެލުންތެރިންގެ ލޯބި ހޯދި ގިނަ އެކްޓަރުން ދުނިޔެ ދޫކޮށްފައިވީ ނަމަވެސް އެ ފިލްމުގެ ހަނދާންތަކާއި އެކްޓަރުންގެ ހަންދާންތައް ބެލުންތެރިންގެ ހިތްތަކުން ފިލައިގެންނެއް ނުދެއެވެ.

އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެކްޓަރުންނާއި ކެރެކްޓަސްގެ ތެރޭ 'ވީރޫ'ގެ ރޯލް ކުޅުނު ދަރުމެންދްރަ، 'ތާކުރު ބަލްދޭވް ސިންގް'ގެ ރޯލް ކުޅުނު ސަންޖީވް ކުމާރު، 'ގައްބަރު ސިންގް'ގެ ރޯލް ކުޅުނު އަމްޖަދު ޚާން، 'ރާމް ލާލް'ގެ ކެރެކްޓަ ކުޅުނު ސަތުޔެން ކައްޕު، 'ގައްބަރު ސިންގް'ގެ މިތުރުގެ ރޯލް ކުޅުނު މެކް މޯހަން، 'ކާލިއާ'ގެ ރޯލް ކުޅުނު ވިޖޫ ކޯޓޭ، ޕޮލިސް އޮފިސަރެއްގެ ރޯލް ކުޅުނު އޯމް ޝިވްޕޫރީ އަދި ޖެއިލާގެ ރޯލް ކުޅުނު އަސްރާނީ ހިމެނެއެވެ.

ފިލްމު "ޝޯލޭ"ގެ މުހިއްމު އެކްޓަރުންގެތެރެއިން ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ދެ އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަން އަދި ސަޗިން ޕިލްގައޯންކަރު--ފޮޓޯ/ފޭސްބުކް

މިހާތަނަށް ވެސް ގިނަ ބައެއްގެ ހަނދާނުން ފޮހެލަން ދަތި ގިނަ ހަނދާންތަކާ ގުޅިފައިވާ މި ފިލްމުގެ މުހިއްމު ތަރިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ އެކްޓަރުންގެ ތެރޭ ފިލްމުގައި މަރުވި ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އަދި ސަޗިން ޕިލްގައޯންކަރު ހިމެނެއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 24ގައި "ޝޯލޭ" ފިލްމުގެ އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ދަރުމެންދްރަ ދުނިޔެދޫކުރުމާ ގުޅިގެން އެ ފިލްމުގެ ހަނދާތައް އިތުރަށް އާވެގެންދިޔަ ކަމަށް ގިނަ ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ޝޯލޭ"ގެ ޑައިރެކްޓަރު ރަމޭޝް ސިއްޕީ--ފޮޓޯ/ފިލްމުފެއަ

ފިލްމު "ޝޯލޭ" އަކީ 1975 ވަނަ އަހަރު ސިއްޕީ ފިލްމްސްއާއި ޔުނައިޓެޑް ޕްރޮޑިއުސަސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. ޖުމްލަ 30 މިލިއަންގެ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 350 މިލިއަންގެ އާމްދަނީއެއް ލިބުނުއިރު "ޝޯލޭ"ގެ 250 މިލިއަން ޓިކެޓް އޭރު ވިކުނެވެ.

މި ފިލްމުގައި ބަތަލާގެ ރޯލްތަކުން ފެނުނީ އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން އަދި ދަރުމެންދްރަގެ ހަގު އަނބި ބަތަލާ ހެމާ މާލިނީއެވެ. މި ފިލްމު ރިލީޒްކުރިއިރު ދެ ބަތަލާއިން ވެސް ކައިވެންޏެއް ނުކުރެއެވެ.

comment ކޮމެންޓް