Ooredoo

އިންޓާއިން ކަގްލިއާރީ ބަލިކޮށް ލީޑު ފުޅާކޮށްފި

އިންޓާއިން ކަގްލިއާރީ ބަލިކޮށް ލީޑު ފުޅާކޮށްފި --

އިޓާލިއަން ސެރިއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި ކަގްލިއާރީ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އެޓީމުގެ ލީޑު ފުޅާކޮށްފިއެވެ.

ADK GENERAl

އިންޓާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. އިންޓާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމާލާ އުފެއްދި މިމެޗު އެޓީމުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 13ވަނަ މިނެޓުގައި މާކޯ އަނޯޓޮވިޗް ކާމިޔާބު ކޮށްދިން ލަނޑުން އިންޓާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.

އަދި މެޗުގެ 26ވަނަ މިނެޓުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކޮށްދިން ލަނޑާއެކި އިންޓާއިން މިމެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މިމެޗުގައި ކަގްލިއާރިއިން ކާމިޔާބު ކުރި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީ ފަރަގު ކުޑަކޮށްދިނީ ރޮބާޓޯ ޕިކޯލީއެވެ. މިމެޗުގައި އިންޓާގެ ފަހު ލަނޑު މެޗުގެ 55ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔާން އައުރެލް ބިސެކްއެވެ.

މި ކާމިޔާބީއާއެކު އިންޓާ ތާވަލުގެ އެއްވަނައިގާ އުޅެނީ 71 ޕޮއިންޓާއެކުއެވެ. އިންޓާއާ ތާވަލުގެ ދެވަނައިގާ އުޅޭ ނަޕޯލީ އާއި ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. ނަމަވެސް މިހަފުތާގައި ނަޕޯލީ ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ މިފަރަގު ތިން ޕޮއިންޓަށް ބަދަލު ކުރުމުގެ ފުރުސަތު އެޓީމަށް އޮންނާނެއެވެ. މިމެޗުން ބަލިވުމުން ކަގްލިއާރީ އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޭސީ މިލާނާއި އުދިނޭސީ ބައްދަލުކުރި މެޗު 4 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާން އެވެ. މިމެޗުގައި މިލާނުން ކާމިޔާބު ކުރި ހަތަރު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ރަފައެލް ލިއާއޯ، ސްޓުރަހިންޔާ ޕަވްލޮވިޗް، ތިއޯ ހެނާންޑޭޒް އަދި ޓިޔާނީ ރެއިންޑާސްއެވެ.

މިކާމިޔާބީ އާއެކު މިލާން މިހާރު އުޅެނީ 51 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ. އަދި އުދިނޭސީ އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

މީގެއިތުރުން ވެނެޒިއާ އާއި މޮންޒާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވެނެޒިއާއެވެ.

Redstar
comment ކޮމެންޓް