މޯލްޑިވް ގޭސްއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަނީ

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު: މޯލްޑިވް ގޭސްއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަނީ -- ފޮޓޯ/ މޯލްޑިވް ގޭސް

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެ މައްސަލަ ބަލަމުން ދަނިކޮށް މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ހާމަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

ނަމަވެސް، މި މައްސަލަ ބަލަން ފެށީ ކޮން ދުވަހަކު ކަމެއް އަދި މި މައްސަލައާ ގުޅޭ އިތުރު ތަފުސިލެއް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ.

މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާއެކު އެކަން ބަލަން ފެށިއެވެ.

އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުންވެސް "ވައްކަން" ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނެއެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި, ޢަބްދުﷲ މައުމޫންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ އަންނަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ.

އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.

comment ކޮމެންޓް

comment މުނީރު

6 day 14 hour ago

އެސް.ޓީ.އޯ އެމް.ޑީ ގޭހުގެ ޑީލް ހަދަން ބޭނުންވެގެން އުޅޭތާ ކިތަންެމެ ދުވަހެއް. އެމް.ޑީ.ޕީ މީހަކަށް މިވަރުގެ މަގާމެއް ދިނީ މުޢިއްޒުގެ ކްލާސްމޭޓަކަށްވީމަޔޯލަ. ގޭސް ކުންފުނި ބަދުމާނު ކޮއްފަ، ގޭސް ކޮޅު ނެގުން ބޭނުމަކީ. އެތަނާ ހަވާލުވެ ހުރި މީހާގެ އަބުރު ކަތިލައިގެންވިޔަސް އެކަން ކުރަން ޝިމާދު ބޭނުންވީ. ނާޒިމު އާ ގުޅުނީ އެހިސާބުން. އެސް.ޓީ.އޯ އަށް ބިލިއަނުން ފައިސާ ނުލިބި އެބަހުރި. ކްރެޑިޓަށް ތެޔޮ ދީފަ ޑީފޯލްޓުވެފަ މިލިޔަނުން ފައިސާ ނުދައްކާ އެބަހުރި. ސަޕްލަޔަރުންނަށް ބޮޑެތި އަދަދުން ފައިސާދީފަ މުދާ ނުލިބި އަދި އެތައް މައްސަލަތަކެއް ދިމާވެފަ އެބަހުރި. ނޫސްތަކުން މިކަންކަން ބައްލަވާ. މީ ރައްޔިތުންގެ ކުންފުންޏެއް.

comment ފިޔާޒް

6 day 52 minutes ago

އެތަނާއި ހަވާލުވި ދުވަހު، ޤައުމީ ދިދަ އަރުވަމުން ކަރުގަ ހަން ދާވަރަށް ފުން ނޭވަތަކާއިއެކު ގައުމީ ސަލާމް ކިޔުއްވި ބޭފުޅެއް މިފަދަ ކަމެއް ކުރިކަމަށްވާނަމަ، އަދަބު ބޮޑުވާންޖެހޭ.

comment ބޯފަން

6 day 1 hour ago

ޢަބްޅޯ ވެސް ހަމަ ހަޑި ހޭވީ

comment އަހުމަދު

6 day 2 hour ago

ފުލުހުން ބަލަނީ. އޭ ސީސީ އިން ބަލަނީ މާލިއްޔަތު ކޮމިޓީން ބަލަނީ ބަލަނީ ދުވަހަކުވެސް ބަލައެއް ނުނިމޭ....ހުދުކާފޫރަށްވެ ބެލުން ނިމިހުސްވީމަ މައްސަލަނިމުނީ.

comment ނެގިވަރު

6 day 2 hour ago

އޭސީސީ ހިންގަންއަހަރަކު ކިތައްމިލިޔަންދޭ އެއްވެސްމައްސަލައެއް ބަލައިގެން ފައިސާނަހަމަގޮތުގަބޭނުންކޮއްމަދުވިކަންއިނގޭ ވަގުންނައްތުހުމަތުކުރެވޭ ދައުވާކުރެވޭވަރައް ހެކިނުލިބޭ

comment މުޙައްމަދު

6 day 2 hour ago

މުއިއްޒު އެވެ ގޭސް ކުންފުންޏެއް ނޫނެވެ . ސަރުކާރުގެ އެމްޓީސީސީ ކުންފުނިން ހިންގާ ސައިޓް ތަކަށް މެޓީރިއަލް ގަތުމަށް ފައިސާ ނަގައި އެސައިޓްތަކަށް މުދާނުފޮނުވާ އެތައްސައިޓެއްގެ މަސައްކަތް ހުއްޓި މުވައްޒަފުންތައް ކައިގެން ދިނާފަތިބެނީ މިކަން ބަލައިދީ އެކުންފުނީގެ ވެރިން ވަކިކޮށްދީ އަޅުގަޑުވެސް މީ ހިއްސާދާރެއް

comment ބުއްރުސްކަބާބު

6 day 3 hour ago

ޤައުމީސަލާމް ކީމަ ފެންފޮދަކާ ނުލައި ދިރުވާލަން ފަސޭހަޔޯ ކަލޭނޭ.

comment އައިޝާ

6 day 3 hour ago

މަނީ ލޯންޑަރ ކުރުމުގެ މައްސަލައެއް ފެންމަތިވާ ކުންފުންޏެއްގެ އެމް.ޑީ ވަގުތުން ވަކިކުރަންޖެހޭ. މިއީކީ ކުޑަކަމެއްނޫން. ޕީ.ސީ.ބީ އޮތީ އައި.ސީ.ޔޫގަ. ކުންފުނިތަކުގެ ވެރިން ބޭނުން އެއްޗެއް ހަދަނީ. ގޯތިވަގުކަލޭގެވެސް އިސްތިއުފާދިނީ. ވީކަމެއްނެތް. ވިސާވަގު އެކަނި ހައްޔަރުކުރެވުނީ. އެންސްޕާ ވަގު އަދިވެސް އުދުހެނީ. ޕީ.އެސް.އެމްވަގު ކަނޑާލީ. އެމް.ޕީ.އެލް ވަގު ވީގޮތެއް ނޭނގެ. މިފްކޯވަގު ފިލައިފި. މިއީ ދެން ފަސްމާމުލުންގެ ވަގުންގެ ޓީމަށްވުރެވެސް ބޮޑު ވަގު ޓީމެއް. އަލީބާބާވެސް ގެރެންޓީދޭ އޭނާއެކު ގިނަވެގެން ތިބޭނީ 40 ވަގުން ކަމަށް.

comment މިސްރާބު

6 day 3 hour ago

މިނާއާއި އަހަރެންނާއި ބައްދަލުވަނީ މަދަނީ އިއްތިހާދުން ރާއްޖޭގެ އެކިއެކި ސަހަރަހައްދުތަކުގައި ބޭއްވި އެއްވުންތަކުގެ ތެރޭންނެވެ. އަސްލަކީ މަދަނީ އިއްތިހާދަކީ ހުސްކަރުދާސްތަކެކެވެ. އެތަކެއް 100 މަދަނީ އިއްތިހާދުތަކުން އެންޑޯސްކޮށްފައިވާ ބައެކެވެ. އެހިއްތިހާދުގައި ތިބެނީ ޢަބްދު ﷲ މުޙައްމަދެވެ. މީނާއަކީ މާބޮޑުތަޢުލީމެއް ނެތް އީމާންތެރިކަން ވަރަށް ބަލިކަށީ ދޫހެލުވޭ މީހެކެވެ. ނަތީޖާއެއްގެ ގޮތުން ޝޭޚުއިމްރާންމެން ފަދަ ބޭފުޅުންގެ ފަރާތުން އެނޑޯސްވެގެން މީނާއަކީ މާބޮޑު ސިޔާސީ މީހަކަށް ވުމެވެ. މީނާ ކޮށްފާނެ ނުކޮށްފާނެ ކަމެއް ހަމަ ބުނަން ވަރަށް ދަތިވާނެއެވެ. އިންތިހާއަށް ކޮރަޕްޓް ވީމައެވެ.