ބަނގުރާކަމަށް ބެލެވޭ ގިނަ ފުޅިތަކަކާއެކު މިރޭވެސް ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

ބަނގުރާކަމަށް ބެލެވޭ ގިނަ ފުޅިތަކަކާއެކު މިރޭވެސް ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅިތަކަކާއެކު މިރޭ ވެސް ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

Ooredoo

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މީހުން އަތުލައިގެންފައި ވަނީ މިރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި އުޅަނދުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 54 ފުޅި ފެނުން ކަމަށާއި އެހެންކަމުން މި އުޅަނދު ޓޯކޮށް އެތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައި ވަކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މިފަދަ އޮޕަރޭޝަނެއް ހުޅުމާލޭގައި ހިންގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ ގިނަ އަދަދެއްގެ ބޮނަކުއާ ފުޅިތަކަކާއެކު ބިދޭސީއަކު އަތުލައިގެންފައެވެ.

އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޭން ދުއްވަން އިން ނޭޕާލް ފިރިހެނެއް ކަމަށްވާ އުމުރުން 37 އަހަރުގެ ތިރުތަ ބަހާދުރެވެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހި ވެސް ފުލުހުން ވަނީ ބަނގުރާ ދަޅުތަކެއް ފޮށިގަނޑަކަށް އަޅައިގެން އުޅުނު ބިދޭސީންތަކެއް ބަލައިފާސްކޮށް ހައްޔަރު ކޮށްފައެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް އާންމުކޮށް ވެސް ފުލުހުންނަށް ގިނަ އަދަދަކަށް ހުށަހަޅައެވެ.

comment ކޮމެންޓް

comment ލާމު

6 day 18 hour ago

ބަނގުރާކަމަށް ބެލެވޭ. ބަނގުރާ ބަންދުކުރާ ފުޅިތަކަކަށް ފެން އަޅައިފައި ވެސް ހުރެދާނެދޯ.

comment ހަސަން

6 day 2 hour ago

ވެހިކަލް ގެ ފޮޓޯ ކީއްވެތޯ އާންމު ނުކުރީ ، ވެހިކަލް އަކީ ޗައިނާ ހަރބަރ އިންޖިނިއަރިންގެ ވެހިކަލް އެއް ، މުޅިން ތިހުރީ ޗައިނާ ބްރޭންޑް ތައް