ހުޅުމާލެ މުދާ އަރުވާ ޖެޓީ ތަރައްގީކުރަން، އެ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ މުދާ ޖެޓީ: އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން ވަނީ އަންގާފައި ---- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރަން ފެށުމަށް، އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ، އެ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ މަޝްރޫއުގެ ތެރެއިން، ހުޅުމާލޭ މުދާ ޖެޓީގައި އަޅާފައިހުރި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރީން އެތަނުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން ވަނީ އެދިފައެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ، އުޅަނދަކަށް ލިބިދާނެ ގެެއްލުމަކަށް ޒިންމާއެއް ނުވާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހުޅުމާލޭ ފަޅުތެރޭގައި ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާ ގުޅިގެން އެ ސަރަހައްދަކުން އުޅަނދުތައް ނަގަން އެޗްޑީސީން އަންގައެވެ.

comment ކޮމެންޓް