Dhiraagu
Dhiraagu

ޝާމިލާ ދެކޮޅަށް އަޒްމިރަލްދާ ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް -

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.

Ooredoo

އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެެއް ހިންގައިދިނުމަށް މިއަދު ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށަހަޅުއްވާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އަޒްމިރަލްދާއަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއި ތަހުގީގެއްކޮށްދިނުމަށް އެދި ފުލުހަށް ހުށަަހަޅައިފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ.

މިއަދު ޝަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އެ ދެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ފޮނުވި ޖަވާބު ހިއްސާކޮށްފައެވެ.

އޭގެ ތެރެއިން ޝާމިލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، އޭސީސީން ހުށަހެޅި ސިޓީއާ މެދު ޖޭއެސްސީން ވަޒަންކޮށް އެއާމެދު ގޮތެއް ނިންމުމުން ނޫނީ، އެއީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ނުކުރަން ނިންމި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، އެ މައްސަލައިގައި ބުނެފައިވާ ގޮތަށް ކަންކަން ހުރި ކަމަށް ބެލެވޭނެ އަދި އެ ކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ ވެސް ތަހުގީގު ނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.

އޭސީސީން ތުހުމަތުކޮށްފައިވަނީ އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށެވެ. އެއީ، ސްޕާއެއްގައި ހުއްޓައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.

އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.

އެ މައްސަލައިގައި ޖޭއެސްސީން ވަނީ އަޒްމިރަލްދާގެ އިތުރަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާތީ، އެ މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ.

https://sun.mv/203799

އަޒްމިރަލްދާ، ޝާމިލްގެ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅުއްވާފައިވާއިރު، އެ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލަން ރެޖިސްޓްރީ ވެސް ކޮށްފިއެވެ.

Redstar
comment ކޮމެންޓް

comment ޒަމް

1 week 3 hour ago

ފުލުހުންނަށް ބަލާނެ އަދި ނުބަލާނެ މައްސަލަ އަމިއްލައަށް ކަނޑައެޅެންޏާ މިގައުމުގައި ހިނގާނީ ވަކި ބަޔަކު ބޭނުންވާ މައްސަލަތަކެއްނޫންތޯ.؟ މިއީ ރަހުޒީބު ތޯ.؟

comment ޤާދިރު

1 week 14 hour ago

މިއަދު ނުބެލިދާނެ އެކަމަކު މާދަމާ ބަލާނެ. މައްސަލައަކީ ބާވާ އެއްޗެއްނޫން

comment ސަލީމް

1 week 15 hour ago

ދެން ލަލަލާ އަޒްމިރަލްދާ ކެލޭ ތި ކުފޫ ހަމަވާވާރު މީހެއް ނޫން ފިރިމިހާ ވެސް ތޮޔޮ ދެމީ ކަލޭ ކުފޫ ހަމަ ނުވާތީ. ސަލާމް ލާދީނީ މީހާ

comment ޤާދިރު

1 week 16 hour ago

މައްސަލަ ނުބަލާނެތާ ބަލައިފިނަމަ ސަރުކާރު ރަނގަޅަށް ފަޟީހަތްވާނެ ވިއްޔަ

comment ދިދަދަނޑި

1 week 17 hour ago

މިގައުމުގަހުރި އެންމެ ކޮރަޕްޓް މީހަކީ އޭ ސީ ސީ ގެ ރައީސްކަން އެންމެންވެސް އެނގޭ ބޮޑު ސިއްރު. ޢެއިރަކު ވައިޖެހުނު ކޮޅަކަށް ވިހުރޭ ދިދަޔަކާ އެއްވަރު. ފްލެޓް އާއި ގޯތިންވެސް ވައްކަން ކުރީ އޭސީސީ ރައީސް. ބޮޑު ވަގު.

comment ދިލްސާ

1 week 19 hour ago

ތިކަމުގައަލިމަގެއްނުފެންނާނެ އިންސާފުއެއީމިސަރުކާރު ދަންނަ ގަބޫލުކުރާއެއްޗެއްނޫ