އުރީދޫ ކަލަންޑަރުގައި މިމަހުގެ ޝަޚްސިއްޔަތަކީ ސަންތި މަރިޔަނބު!

އުރީދޫ ކަލަންޑަރުގައި މިމަހުގެ ކެރެކްޓާއަކީ ސަންތި މަރިޔަނބު --

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ފުލޯކު ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ގެނެސްދޭގޮތަށް ތައްޔާރުކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ކަލަންޑަރުގައި، އޭޕްރީލް މަހުގެ ޝަޚްސިއްޔަތަކީ ސަންތި މަރިޔަނބެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ.

އެގޮތުން، މި މަހަށް ޚާއްސަ ޝަޚްސިއްޔަތަކީ ސަންތި މަރިޔަނބެއެވެ.

އެއީ ކުޑަކުދިން މަސަލަސްކުރުވުމަށް އިހުގައި ކިޔައިދީ އުޅުނު ވާހަކައެވެ. އޭނާ އަންނަނީ ރޭގަނޑުގެ ހިމޭންކަމުގައި، ހަޑިވެފައިވާ ދަތްތައް، ސާފު، އަލި ދަތްތަކަކަށް ބަދަލުކޮށްދިނުމަށް "ދަތް ގޯންޏެއް" ހިފައިގެންނެވެ. ނަމަވެސް އޭނާ ދޭ އެ ހަދިޔާ ލިބެނީ ބޭކާރު ވާހަކަތައް ނުދައްކާ މީހުންނަށެވެ. މި ވާހަކައިގެ މަގުސަދަކީ ހިމޭންނުވެ ބޭކާރު ވާހަކަ ދެއްކުމުގެ ނަތީޖާއާ މެދު ހޭލުންތެރިކުރުވުމެވެ.

އުރީދޫއިން ބުނީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި ޝަޚްސިއްޔަތްތަކާ ސީދާ ވާހަކަ ދައްކައިލެވޭނެ ކަމަށެވެ. ކޮންމެ ޝަޚްސިއްޔަތަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ފުލޯކު ވާހަކަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ޝަޚްސިއްޔަތެއް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް