ވަޒަންތަކަކާއެކު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ސަން" އަށް މައުލޫމާތު ލިބިފައި ވާގޮތުގައި ހައްޔަރުކޮށްފައި ވަނީ ރޭ އެމިރޭޓްސް ފްލައިޓެއްގައި ފުރަންދިޔަ މީހެކެވެ.