މުދާ އުފުލާ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވެ، ޒުވާނަކު ގެއްލިއްޖެ

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައި: އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފައި -- ފޮޓޯ/ އެމްއެންޑީއެފް

ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި މިރޭ ވަރަށް ބޮޑަށް ރޯވެ, އެ ހާދިސާގައި ޒުވާނަކު ކަނޑަށް ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، 'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ސަން"އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ބޯޓު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަންއާއެކު 18 މީހުންކަމަށާއި 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކިޔާ މީހެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލިގެން ހޯދާ މުޝްފިގް: އޭނާ ހޯދުމަށް ކޯސްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުން -- ފޮޓޯ/ އަލީ މުޝްފިގް، ފޭސްބުކް

ސިފައިން ބުނި ގޮތުގައި، އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް