މާލެއާއި ހުޅުމާލޭގައި އުޅަނދު ދުއްވުން ހުއްދަކޮށްފި

ހުޅުމާލޭގެ މަގެއް: ހުޅުމާލޭގައި މިއަދު ހަވީރު އުޅަނދު ނުދުއްވޭނެ ކަމަށް ބުނި ނަމަވެސް، މިހާރު ވަނީ އުޅަނދު ދުއްވުން ހުއްދަ ކޮށްފައި -- ފޮޓޯ/ އެޗްޑީސީ

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިއަދު މާލެއާއި ހުޅުމާލޭގައި އުޅަނދު ނުދުއްވޭނެ ކަމަށް އިއުލާންކޮށްފައި އޮތް ނަމަވެސް، އެ އިއުލާން ބާތިލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ، މިއަދު ހަވީރު 16:00އިން 18:00އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް އިއުލާންކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ، އީދު ދުވަހުގެ ހަވީރު އުޅަނދު ދެއްވުން މަނާ ކުރުމުގެ އިތުރުން، 16:00 އިން ރޭގަނޑު 23:30އާ ދެމެދު ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއް ކަމުގައި އިއުލާންކޮށްފައެވެ.

އެހެންނަމަވެސް މިއަދު މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ އިއުލާން ބާތިލުކުރި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

comment ކޮމެންޓް