އައްޑޫ ނޭޗާ ޕާކުގައި އަލިފާނުގެ ހާދިސާއެއް؛ ބެލެވެނީ ދަނޑުއަންދަން އުޅެނިކޮށް ހިނގި ކަމެއް ކަމަށް

އައްޑޫ ނޭޗާ ޕާކުގައި އަލިފާނުގެ ހާދިސާއެއް، މާ ބޮޑު ގެއްލުމެއް ނުވޭ ---ޕޮޓޯ/އައްޑޫ ނޭޗާ ޕާކު

އައްޑޫ ހިތަދޫގެ ކޯއްޓޭ ސަރަހައްދުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ނޭޗާ ޕާކުގައި އިއްޔެ ހަވީރު އަލިފާން ރޯވެއްޖެއެވެ.

ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެންބަރު އަހްމަދު ސައީދު މިއަދު 'ސަން'އަށް ވިދާޅުވީ، ނޭޗާ ޕާކުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ އިއްޔެ ހަވީރު 17:45 އެހާކަންހާއިރު ކަމަށެވެ. އަދި، ރޭ ދަންވަރު 2:00 އެހާކަންހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ނޭޗާ ޕާކުގައި އަލިފާނުގެ ހާދިސާއެއް، މާ ބޮޑު ގެއްލުމެއް ނުވޭ---ޕޮޓޯ/އައްޑޫ ނޭޗާ ޕާކު

މި ހާދިސާއާ ގުޅިގެން އައްޑޫ ނޭޗާ ޕާކު ފޭސްބުކް ޕޭޖުގައި ހިއްސާކުރި މައުލޫމާތެއްގައި ބުނީ، އަލިފާން ރޯވި ސަރަހައްދުން އިރުމަތީ ފަރާތަށް (ބަރަވެލި މުލި) އަލިފާން ފެތުރުނަ ނުދިނުމަށް އައްޑޫ ސިޓީ ފުލުހުންނާއި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަވަސް ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

އެ ހާދިސާ ހިނގާފައިވަނީ ދަނޑުވެރިއަކު ހިއްކާފައި ހުރި ގަސްތަކެއް އަންދާލަން އުޅުމުގެ ތެރޭގައި އަލިފާން ހިފައިގެން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އައްޑޫ ނޭޗާ ޕާކުގައި އަލިފާނުގެ ހާދިސާއެއް، މާ ބޮޑު ގެއްލުމެއް ނުވޭ---ޕޮޓޯ/އައްޑޫ ނޭޗާ ޕާކު.

އެ ޕޯސްޓުގައި ބުނީ، އަލިފާން ފެށުނު ހިސާބުން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެއްގެ ތެރޭގައި އެކި ތަންތަނުގައި އަލިފާން ރޯވެ، އަލިފާން ފެތުރުނު ސަރަހައްދު އަވަހަށް ބޮޑުވި ކަމަށާއި ނަސީބަކުން މިހާތަނަށް ފާހަގަކުރެވިފައިވާ ބޮޑު ގެއްލުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް