ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް

މި އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. ފުނަދޫގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން--- ފޮޓޯ/ ޖަވާދު ( ޖަވާ އާޓްސް)

ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ އިއުލާންކުރައްވައިފިއެވެ.

މިރޭ 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވި ކަމުގެ ޚަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.

އެހެންވެ، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު ރާއްޖޭގައި ސާބިިތު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައެޅީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން، ސައުދީ އަރަބިއްޔާއިން ވަނީ ހަނދު ފެނިފައިވާކަން އިއުލާންކޮށް، މާދަމާއަކީ އެ ގައުމުގެ ފިތުރު އީދު ދުވަސް ކަމުގައި އިއުލާންކޮށްފައެވެ.

ރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ބަލާއިރު، އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި އީދު ދުވަސް ކަމަށް ކަނޑައަޅައިފައިވަނީ އަންނަ ހޯމަ ދުވަހެވެ.

comment ކޮމެންޓް