ސައުދީއަށް ހަނދު ފެނިއްޖެ، އެ ގައުމަށް އީދަކީ މާދަމާ

ސައުދީ އަރަބިއާގައި ހަނދު ބެލުން: އެ ގައުމުން ވަނީ އީދަށް ވާނެ ދުވަސް އިއުލާންކޮށްފައި -- އޭއެފްޕީ

ސައުދީ އަރަބިއާއިން ހަނދު ފެނި، ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފިއެވެ.

ސައުދީން މިރޭ ވަނީ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ މަސައްކަތްކޮށްފައެވެ.

މި އަހަރު ރާއްޖެއާއި ބޭރުގެ އެހެން ގައުމުތަކުގައި ވެސް އިލްމުވެރިން ވަނީ، މިއީ 29 ރޯދައިގެ މަހަކަށް ވެދާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ހުރިހާ ގައުމެއްގައި ވެސްވަނީ، އީދު ދުވަސް ކަނޑައަޅާނީ ހަނދު ފެނުމުންކަން ފާހަގަކޮށް، 30 ވަނަ ރޯދަ ވެސް ހިފުމަށް ތައްޔާރަށް ތިބުމަށް އެދިފައެވެ.

އަވަށްޓެރި ގައުމުތަކަށް ބަލާއިރު، އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝްގައި ވެސް އީދު ދުވަސް ކަމަށް ކަނޑައަޅައިފައިވަނީ ހޯމަ ދުވަހެވެ.

comment ކޮމެންޓް