ޅ. ނައިފަރުގައި ގުރުއާން ހިތުދަސްކުރާ މަރުކަޒެއް އަޅަން ވަޤުފު ފަންޑުން އެހީވާން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ނައިފަރަކީ ގިނަ އަދަދެއްގެ ޒުވާން ހާފިޒުން ތިބި ރަށެކެވެ.
އެ ރަށުގެ ފުރަތަމަ ހާފިޒު ޝެއިހް މުހައްމަދު ނާޒިލް ގެންދަވަނީ އެ ރަށުގައި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހިންގަމުންނެވެ. އެ ކްލާސްތައް ނައިފަރުގައި ފެށީ 2020 ވަނަ އަހަރެވެ.
އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި ނައިފަރުގައި ގުރުއާން ދަސްކުރާ މަރުކަޒެއް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ހޯދަން އެހީއަށް އެދިފައިވާތީ، ވަޤުފު ފަންޑުން އެހީވާން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އިއްޔެ ރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހަފުލާގައި ވެސް ނައިފަރަށް ނިސްބަތްވާ ހަ ކުއްޖަކު ވަނީ ދަސްވެނިވެފައެވެ.
ނާޒިލް މީގެ ކުރިން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ހާފިޒުން ތަމުރީނުކުރުމުގައި ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުން ގޮންޖެހުންތައް ހުރިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
comment ޞިންތު
3 day 16 hour ago
ބަލަ ވަގުފު ފަންޑް މީ ކިހިނެއްހިގާ ފަންޑެއްތޯ. މިތާ ހުންނަ މިނިސްޓަރަކު ބޭނުން ގޮތަކަށް ބަހާ އެއްޗެއް ތޯ. ކޮބަެިތޯ އަހަރުގެ ޕްލޭން. ކޮބަެިތޯ ބަޖުޓް. މިކަން ހުއްޓުވަން ޖެހޭ
comment ނައިފަރު ރައްޔިތެއް
3 day 10 hour ago
އައި ޔޫ އެމް ނައިފަރު ލާނިންގ ސެންޱަރގައި މީހާ ރުވެސް އެތައްކުއްޖެއް ހިފްޒު ކުރަމުންދަނީ. ރައްޔިތުންގެ ފައިސާ އެތައް ބެހެނި ވެރިންނެއް ހިމެނޭ ގެޔެއް ހަދަން ހަދިޔާ ކުރަނީތޯ. ބަހާ އެއްޗެއް ހުރިހާ ރައްޔިތުންނަށްބަހާ.
reply ނައިފަރު މީހާ
3 day 5 hour ago
އައި ޔޫ އެމް ނައިފަރު ލާރނިންގް ސެންޓަރުގައި 100 އަށް ވުރެ ގިނަކުދިން އެންރޯލްވެގެން ޙިފްޒު ޕްރޮގްރާމް ކުރިއަށް އެބަދޭ. މި ޕްރޮގްރާމް ގައި ދަރިވަރުންގެ އަތުން ފީގެ ގޮތުގައި ނަގަނީ ވަރަށް ކުޑަ މިންވަރެއް. ސަރުކާރުގެ ޔުނިވަސިޓީއެއްގެ ޚިދުމަތް ރައްޔިތުންނަށް ރަނގަޅަށް ފޯރުކޮށްދެނިކޮށް އަމިއްލަ ފަރުދެއް ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯރގައި ޙިފްޒު ސެންޓަރެއް ހަދަން ސަރުކާރުން ފައިސާ ދޭންޖެހޭނެ ސަބަބެއް ނެތް. ތިޔަ ފައިސާ އައި ޔޫ އެމް ނައިފަރު ލާރނިންގް ސެންޓަރަށް ދެއްވުން އެދެން
comment ބޮއިހަލާކު
3 day 11 hour ago
އެތައްބައިވަރު ބެހެނިވެރިންގެ ގެޔެއް ހެދުމަށް ރައްޔިތުންގެ ފައިސާ ތައް ތަޅާ ހުސްކުރަނީތޯ. ބަހާ ނަމަ ހުރިހާ ރައްޔިތުންނަށް ބައްސަވާ.