ރޭ އެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް ކުދިންނާ ގުޅުވައި ދެއްކި ވާހަކައަށް ރާއްޖެ ޓީވީން މިރޭ މައާފަށް އެދިއްޖެއެވެ.
ރޭ އެ ޗެނަލުން ދެއްކި ޕްރޮގްރާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްކާފައެވެ.
އެހެންވެ، އެކަމާ ގިނަ ބަަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ އެ މައްސަލައާ ގުޅިގެން ބަޔާނެއް ނެރެފައެވެ.
މި މައްސަލައިގައި ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ވަނީ، އެ ޓީވީން ލައިވްކޮށް ގެނެސްދިން "ކާލާ ބައިސާ" ޕްރޮގްރާމުގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން ދެއްކި ވާހަކަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކުރައްވައި، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ." އިބާރާތުން ވާހަކަދެއްކި ކަމަށެވެ.
އެގޮތަށް ވާހަކަދެއްކުމުގެ ބައެއް ފަރާތްތަކުން އެއީ، އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ގޮތަށް ދޭހަވާ އިބާރާތަކުން ދެއްކި ވާހަކައެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ، ޕްރޮގްރާމުގައި ދައްކާފައިވާ ވާހައަކުން އެފަދަ ކުދީންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭ ނަމަ އެކަމަށް ޓަކައި ރާއްޖެޓީވީން ވަނީ މައާފަށް އެދިފައެވެ.
comment ސަމްސިއްޔާ
3 day 11 hour ago
“ އެފަދަ ކުދީންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭ ނަމަ އެކަމަށް ޓަކައި ރާއްޖެޓީވީން ވަނީ މައާފަށް އެދިފައެވެ.”ގަބޫލު ކުރެވޭ ނަމައޭ؟؟ އަދިވެސް ތި މާފަށް އެދުނީކީ ނޫންދޯ
comment ސލހ
4 day 12 hour ago
ރާއްޖެ ޓީވީ އެއް ނޫން މާފަށް އެދެން ޖެހޭނީ ކީ؟ އެވާހަކަ ދެއްކި މީހުން އެދެން ޖެހޭނީ.