ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރޭޓު ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެކަހަލަ މައްސަލައެއް ވަނީ ހިނގައިފައެވެ.
ނަމަވެސް، އެ މައްސަލަ އަދި އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމުން ރަސްމީ ބަހެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި މިހާތަނަށް ކަސްޓަމްސްގެ ބަހެއް ލިބިފައި ނުވާތީ އަތުލައިގަތީ ކިތައް ކާޓަން ކަމެއް އެނގިފައެއް ނުވެއެވެ.
މިފަހުން ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ގުޅިގެން ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފައެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.
މި ބަދަލާއެކު ދުންފަތް އަގު ބޮޑުވެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
comment ދިލްސާ
4 week 6 day ago
ހިސާބައްވުރެ ލަދުކުޑަ ގޮތްކުޑަވީމަ ކޮއްފަނުކުރާނެއެއްވެސްކަމެއްނޯނާނެ ޕޮލިހުންގެ އަގުރައްޔަތުންކުރިމަތީވެއްޓިއްޖެ އިތުބާރުގެއްލިއްޖެ ޕޮލިހުން ވައްތަރީ ގޭންގުކުދިންކޮޅަކާ
comment ދުއްރިޔާ
4 week 6 day ago
ފުލުހުންނަށް އަދިވެސް މުސާރަ ކުޑައީ. އަނގަޔާ އަތާ ދިމާނުވަނީ. މިއަހަރުވެސް ޖެހޭނެ ފުލުހުންގެ މުސާރަ ބޮޑު ކުރަން. ލަދެއް ޙަޔާތެއް އެބުރިތަ.