މިހާރު އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ރައްކާތެރިކަމާއެކު ދެއްކޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
ގޭގައި ތިބެގެން، ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް އުރީދޫއިން ވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ. އެގޮތުން ޒަކާތް ދައްކަން ހަދާނެ ގޮތްތަކަކީ:
- ލިންކު މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުން
- އެއަށްފަހު ޒަކާތުގެ ބާވަތާއި އަދަދު އިޚްތިޔާރުކުރުން
- ތަފްސީލުތައް ފުރާލުން
- ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިޚްތިޔާރުކޮށް ވޮލެޓް ނަންބަރު ޖެހުން
- ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކުރުން

މިހާރު އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ -- ފޮޓޯ/ އުރީދޫ
އުރީދޫއިން ބުނީ އެމް-ފައިސާ މެދުވެރިކޮށް އެ ކުންފުނިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ޚިދުމަތްތަކަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުން ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ޚިދުމަތްތައް އެންމެންނަށް ވެސް ލިބެން ހުންނާނެކަން ކަށަވަރުކުރުން ކަމަށް އުރީދޫއިން ބުންޏެވެ.
ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާއަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަން ފަދަ މާލީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.
އުރީދޫއިން ބުނީ އިތުރު މައުލޫމާތު ހޯދުމަށް ޕޯޓަލަށް ޒިޔާރަތްކޮށް ނުވަތަ އެމް-ފައިސާ އެޕް ޑައުންލޯޑް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.