ކަނޑު ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށް، އެ މީހުންނަށް ބަންދުގެ މުއްދަތު އިއްޔެ ޖަހައިފިއެވެ.
މިއީ އިންޑިއާ އަދި އިންޑޮނީޝިއާއަށް ނިސްބަތްވާ ބިދޭސީންތަކެއް ގުޅިގެން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެކެވެ.
ފުލުހުން ހައްޔަރުކުރި 10 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހަށް ބަނދުގެ މުއްދަތު ޖަހައިފައެވެ. ބާކީ ފަސް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެންމެ ދުވަހަކަށެވެ. އެއީ:
- ގަނެޝް ބޮންމާލީ، އިންޑިއާ، 22އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ޕީޓާ ވިނި، އިންޑިއާ، 28އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ޕްރަބަކަރަނަ ނާގަރާޖަން، އިންޑިއާ، 35އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- އެޑްރިއަންސްޔާ، އިންޑޮނީޝިއާ، 25އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- މުހައްމަދު އިކްބަލް މަކްމުރު، އިންޑޮނީޝިއާ، 30އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ޑަތްކިލޭ ދަރްޝަން ވިޖޭ، އިންޑިއާ، 22އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ސަރަން ޕަދްމަން، އިންޑިއާ، 26އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ނަސްވަން އަދިލް، އިންޑޮނީޝިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ރޯމަންސް ސަންތިޔާ ފެނާންޑޯ، އިންޑިއާ، 58އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
- ގޮވްސިކް ރާޖް ޖޭމްސް ނޮކްސް، އިންޑިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި އެ 10 މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތެވެ.
އެ މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި އެ މީހުން ތިބި ބޯޓުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
މި މައްސަލައިގެ ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.