މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ބޭނުންވާ އޮފީސް އިމާރާތެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
އެމްއެމްއޭއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ކޮންސަލްޓެންސީ ބޭނުންވަނީ މި އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމަށް ކަމަށެވެ. އެހެންކަމުން، އެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް ކޮންސަލްޓެންސީގެ ޚިދުމަތަށް ހޯދާކަމަށް އެ އިއުލާނުގައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ރަޖިސްޓްރީ ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) ހުށަހަޅާނީ އެ އޮތޯރިޓީގެ އީމެއިލްއަށެވެ. އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 10ވަނަ ދުވަހުގެ 11:00ގެ ކުރިއެވެ.
ބިޑު ކުރުމަށް ހުށަހަޅާ ފަރާތްތަކުން އިތުރު މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލަށް މެއިލް ކުރުމަށް އެ އިއުލާނުގައިވެއެވެ.
އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރާ ވާހަކަތަކެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް, އިދިކޮޅު ފަރާތްތަކުންނާއި އިކޮނޮމިސްޓުން ދަނީ، މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ މައްސަލަ ހޫނުވެފައި އޮއްވައި އެމްއެމްއޭ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމާއި، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވަނީ އިސްތިއުފާ ވެސް ދެއްވައިފައެވެ.
އަދި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭއިރު ރައްޔިތުންނާއި އިގުތިސާދީ މާހިރުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
comment ޔާމް
1 week 2 day ago
އެމްއެމްއޭ އަކީ ތަކެތި އުފައްދާ ކާރު ޚާނާއެއްތަ މިހާރު އިން އިމާރާތުން ނުފުދިގެން އުޅެން. ގައުމު ދަރުވާލާފައި އަދިވެސް ޖެހެނީ އިމާރާތްތައަޅާން.
comment އައްޓަމަސް
1 week 2 day ago
މިހާރު ހުރި އޮފިސް އިމާރާތް ކުޑައީތަ؟