ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ ސެމިނާއެއްގައި ބައިވެރިވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވަފުދެއް އެ ގައުމަށް ފުރައިފިއެވެ.
އެ ދަތުރަކީ "ސެމިނާ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯގަނައިޒޭޝަންސް ފޯ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ޕާޓްނާ ކަންޓްރީސް" ގެ ނަމުގައި ޗައިނާ ސަރުކާރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ސެމިނާއެކެވެ.
އެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލަށް ފަހިކޮށްދީފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ޗައިނާގެ ޚަބަރާއި މީޑިއާގެ އާދަތައް ދެނެގަނެ މީޑިއާގެ ދާއިރާއިން ޗައިނާއާއި ބީއާރްއައިގެ އެހެނިހެން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.
އެ ސެމިނާގައ،ި ކައުންސިލުގެ ފަރާތުން ބައިވެރިވެފައި ވަނީ:
- ކައުންސިލުގެ މެންބަރު އަލީ އާދަމް
- ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިޝަތު މަލްސާ މާހިރު
- އޭއޯ ނިއުސްގެ ޝިމްލާ އަޙްމަދު
- މިހާރު އޮންލައިންގެ އިފްރާޒް ޢަލީ