Ooredoo
Ooredoo

ތޮއްޑޫގައި ބަރަހަނާވެ، ފުލުހުންނަށް އަނިޔާކުރި ފަތުރުވެރިއަކު ހައްޔަރުކޮށްފި

ތޮއްޑޫ: ތޮއްޑޫގައި ބަރަހަނާވެ، ފުލުހުންނަށް އަނިޔާކުރި ފަތުރުވެރިއަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ އިއްތިޝާމް

އއ. ތޮއްޑޫގައި ބަރަހަނާވެ, ފުލުހުންނަށް އަނިޔާކުރި ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.

Ooredoo

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް އިއްޔެ 15:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ސީނަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ދީފައިވާ ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ފަތުރުވެރިޔާ ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރައިފައިވާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ.

Redstar
comment ކޮމެންޓް

comment ާަތެޔޮބިޑި

4 week 22 hour ago

ތީ އަނެތް ދިވެހިރާއްޖޭގެ މަލަމަތި ފެންނާނެގޮތް އަނެތް ދިވެހިރާއްޖޭގެ ރައީސް ގެނެސްދިން ލޯކަލް ޓޫރިޒަމް ރަށުމީހާގެ ޖީނަށް ޑޮލަރ ސަޅިދޯ ދެން ދެ އަތުން ލޭ އަންނަވަރަށް އަތްޖަހާ!!!!

comment ޔޯމާމާ

4 week 1 day ago

ޑޮލަރު މަޗާ ޑޮލަރު ބޭނުމިއްޔާ ޖެހޭނީ ދޫކޮށްލަން. ނެތޭ ޗޮއިސެއް މިހާރު.

comment ލލ

4 week 1 day ago

އަވަހަށް ޑީޕޯޓް ކޮށްލަ ، ފަތުރުވެރިން ދަތރުވެރިން ޤާނޫނާއި ޤަވާއިދަށް ހުރުމަތް ތެރިކޮށް ނުހުތާނަމަ ޑީޕޯޓް ކޮށްލަންޖެހޭނެ ވަގުތުން ވަގުތަށް !