މި ރަމަޟާންމަހު މާލެ ސިޓީގައި އިޢުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސައިފި

ސަލްމާން މިސްކިތް: މި ރަމަޟާންމަހު މާލެ ސިޓީގައި އިޢުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސައިފި – ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ރަމަޟާންމަހު މާލެ ސިޓީގައި އިއުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ، މާލޭގައި 15 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތަކާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފަސް މިސްކިތެއްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދެ މިސްކިތް އިއުތިކާފުގައި ތިބުމަށް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެގޮތުން، މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ 15 މިސްކިތްތަކީ:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
  • މަސްޖިދުލްފުރްޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއްޝަހީދު ޢަލީ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

ހުޅުމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތައް:

  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) - ހުޅުމާލެ ފޭސް 1
  • މަސްޖިދު ރަޝީދު - ހުޅުމާލެ ފޭސް 1
  • މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ ފޭސް 1
  • މަސްޖިދުލްއަޞްދިޤާ - ހުޅުމާލެ ފޭސް 1
  • މަސްޖިދު މުޙައްމަދު - ހުޅުމާލެ ފޭސް 1
  • މަސްޖިދު ޙަސަން ޢާދަމް - ހުޅުމާލެ ފޭސް 2
  • މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ ފޭސް 2

މީގެ އިތުރުން، ވިލިމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައި ވަނީ މަސްޖިދުލްބިއްރި މިސްކިތެވެ.

މި ރަމަޟާން މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރެއެވެ. އަދި، ފަހު ދިހައެއްގައި ދަމުނަމާދު ކުރުމަށް މާލެ ސަރަހައްދުގައި 34 މިސްކިތެއް ވެސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް