މިފަހަރު މި ގެނެސްދޭ ރެސިޕީއަކީ މެދުއިރުމަތީގައި މަގުބޫލު، ތައްޔާރުކުރަން ވަރަށް ފަސޭހަ ފޮނި ކާއެއްޗެކެވެ. މިއީ ގާތްގަނޑަކަށް 10 މިނިޓުތެރޭ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ ޕުޑިންއެކެވެ.
ބޭނުންވާ ތަކެތި
- 4 ޖޯޑު / 1 ލީޓަރުގެ ދިޔާ ކިރު
- 7 މޭޒުމަތީ ސަމުސާގެ ޒުވާރިފުށް
- 1 ޖޯޑުގެ ހަކުރު
- 1 ޖޯޑުގެ ވިޕިން ކްރީމް
- 1 މޭޒުމަތީ ސަމުސާގެ ރޯޒްވޯޓާ
ތައްޔާރުކުރާނެ ގޮތް
ތެއްޔެއްގައި ކިރާއި ކްރީމާއި ހަކުރާއި ކޯންސްޓާޗް، ގަނޑުނުލާނެ ގޮތަށް އެއްކޮށްލާށެވެ. އެއަށްފަހު ތެލި އުދައި، ގިނި މެދުމިނެއްގައި ބެހެއްޓުމަށް ފަހު ކައްކާށެވެ. ގާތްގަނޑަކަށް 10 މިނިޓު ވަންދެން ކިރު ވިސްކް ކުރަމުންދާން ވާނެއެވެ.
އެއަށްފަހު ޕުޑިންއެއް ގޮތަށް އޮލަވުމުން، ގިނި މަޑުކޮށްލާށެވެ. ގިނި މަޑުކުރަމުން ގޮސް ނިންވަންދެން ވެސް ވިސްކް ކުރަމުންދާން ވާނެއެވެ. އެހެންނޫނީ ގަނޑުލުން އެކަށީގެންވެއެވެ.
ގިނި މަޑުކުރަމުން ގޮސް ނިއްވާލުމަށް ފަހު، ރޯޒްވޯޓާ ފޮދު އަޅައިލާށެވެ. އެއަށްފަހު ތައްޓަކަށް ނުވަތަ ޖޯޑުތަކަށް އަޅައި، ދެތިން ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓަންވާނެއެވެ.