"ފެށުމާއި ނިމުން"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި

މި ވަގުތު ރާއްޖޭގެ އެންމެ ބިޒީ ފިލްމު ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވާ ޝޯ ކަމަށްވާ "ފެށުމާއި ނިމުން"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.

ޑާކްރެއިނުން ފެށުމާއި ނިމުން ދައްކަން ތައްޔާރުވެފައިވާއިރު އެ ޕްރޮޑަކްޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި އާ ޓީވީ ޝޯއެއް ދައްކަން ފަށާފައެވެ. އެއީ "ރޯލީމޭ" އެވެ. ރޯލީމޭއަށް ފަހު އެންމެ އަވަހަށް ދެން ނެރޭނެ އުފެއްދުމެއްކަމަށް ޑާކްރެއިނުން ހާމަކޮށްފައިވަނީ "ފެށުމާއި ނިމުން"އެވެ.

https://www.instagram.com/p/DG7xA8mxj4q

އަލަށް ނެރޭ ޝޯގެ ގިނަ މައުލޫމާތުތަކެއް އަންނަނީ ޑާކްރެއިންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެއާއެކު ޝޯގެ ޝޫޓިންގެ ގިނަ މަންޒަރުތަކެއް އަންނަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. އަދި ދާދިފަހުން ވަނީ ޝޯގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފައެވެ. މި ޕޯސްޓަރުން ފެނިގެން ދަނީ ޝޯގެ ލީޑެވެ.

https://www.instagram.com/p/DG6F5YJy6Tg

ޝޯގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ޝުހާ އާއި ޝަރަފު އަބްދުالله އާއި މޫސާ އަލީފެވެ. ޕޯސްޓަރުން ފެނިގެންދަނީ ޝަރަފެވެ. ފެށުމާއި ނިމުންގެ ކާސްޓުން ދެން ފެނިގެންދާނީ މުހައްމަދު ރަޝީދު (ދަރާ) އާއި ހުސައިން ސާމީ އަދި ފާތިމަތު ފައިނާއެވެ. ފައިނާއަކީ ޑާކްރެއިނުން އަލަށް ތައާރަފުވާ ތަރިއެކެވެ.

އަލަށް އިއުލާނުކޮށްފައިވާ ޝޯގެ ފަހަތުގައި ވެސް ވަނީ ރޯލީމޭގެ ކްރޫއެވެ. އެގޮތުން، މި ޝޯގެ ސްކްރީންރައިޓަރަކީ ޝަހުދާ މަހުމޫދެވެ. ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ އަލީ ޝަފީއު (ޗިއްޕެ)އެވެ. މި ދެ މީހުންނަކީ ރޯލީމޭގެ މަސައްކަތް ވެސް އެކީގައި ކޮށްފައިވާ ދެ މީހުންނެވެ.

އައިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޑައިރެކްޓްކުރާ މި ޝޯގެ ސްކްރިޕްޓްގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޝޯގެ މަންޒަރުތަކުގެ ޝޫޓިންގެ މަސައްކަތްތަކެވެ. މި ޝޯ ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޝޯ ދައްކާނީ މީޑިއާނެޓްގެ ސްޓްރީމިން ޚިދުމަތް އެމްއެސްވީޑިއޯ ކްލަބުންނެވެ.

comment ކޮމެންޓް