Ooredoo
Ooredoo

ކޮމިޓީން ވަކިކުރީ ޚިޔާނާތްތައް ބަލާތީ: އަޒާން

މެންބަރު އަޒާން، ރައީސް މުއިއްޒާ އެކު: އޭނާ ވިދާޅުވީ، ކޮމިޓީން ވަކިކުރީ ޚިޔާނާތްތައް ބަލާތީ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރާ ސަރުކާރު ކުންފުނިތަކުގެ ޚިޔާނާތްތައް ބަލާތީ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ.

Ooredoo

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލަށް ތާއީދުކުރަން އަންގާފައި އޮއްވައި އެ ބިލަށް ވޯޓުނުދިން މައްސަލައިގައި ޕީއެންސީން އަޒާނާ މެދު ފިޔަވަޅު އަޅާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެހެން އޮއްވައި މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އޭނާ ވަނީ މިއަދު ބޭރުކޮށްފައެވެ. އެއީ:

  • އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހަމަޖެއްސުން
  • އަޒާންގެ ބަދަލުގައި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހަމަޖެއްސުން
  • އަޒާން ބަދަލުކުރީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށް

އެ ބަދަލާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ، އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކޮމިޓީން އޭނާ ބޭރުކުރީ ކަމަށެވެ.

https://www.sun.mv/203259

އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހުރިހާ ކުންފުންޏެއްގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން، އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ ކަމަށާއި އެ ކުންފުނިން ވެސް މިދިޔަ އަހަރު ތަކެތި ކުއްޔަށް ނަގަން އެކަނި 65 މިލިއަން ރުފިޔާ ޚަރަދުކުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަންކަން ބެލީމާ އެކި ދިމާއިން ޕްރެޝަރު އާދޭ ނުބަލަން،" އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮމިޓީއަށް ގެނައި ބަދަލުތަކަކީ ވެސް އެ ކަހަލަ ބައެއްގެ ޕްރެޝަރަށް އެޅި ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމަށެވެ.

"އެކަމަކު، މި ކަންކަން ބެލުމުގައި ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވިއެވެ.

https://www.sun.mv/203071

އަޒާން ވިދާޅުވީ، ވަކި ކޮމިޓީއެއްގައި ނެތް ނަމަވެސް މެންބަރެއްގެ ހައިސިއްޔަތުން މި ކަހަލަ ކަންކަން ބަލައި ޒިންމާދާރުކުރުވަން ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށެވެ. އެހެންވެ، އެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މާލިއްޔަތު ކޮމިޓީން މި ސަރުކާރާ ގުޅުންހުރި ބައެއް މައްސަލަތައް ވެސް ބަލާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ވަނީ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެކަމަކު، އެ އިސްލާހު ގާނޫނުއަސާސީއާ ފުށުއަރާތޯ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ބިލެއް ހުށަހަޅާފައެވެ.

އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އަޒާން ވަނީ އެ ބިލަށް ވޯޓުދޭން ދެކޮޅު ހަދައިފައެވެ. އެހެންވެ، އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ކުރިން އޮތީ ބުނެފައެވެ.

https://www.sun.mv/203041

ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްފައެވެ. އޭނާ ޕާޓީން ވަކިކުރާނެކަމުގެ ބިރު އޮތްއިރު، ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮނޑި ގެއްލުވާލައިފި ނަމަ އަޒާނަށް ކެމްޕޭން ކޮށްދޭނެ ކަމަށް ބުނަމުންނެވެ.

އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން، ސުޕްރީމް ކޯޓުގައި ގޮނޑިގެއްލޭ އިސްލާހާ ގުޅޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޑުކުރީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

އެހެންވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވެއެވެ.

Redstar
comment ކޮމެންޓް

comment ދިޔަ ރ ސ

1 month 2 week ago

ރިޔާސީ ކެމްޕެއިން ތެރޭގަ ހެދި ބޮޑެތި ހަރާމް ދޮގުތަކުގެ ޝަޒާ މިހާރު ތި ލިބެންފެށީ! ވަރަށް ހިތްދަތިވާނެ! އަބުރަކީ ހުރުމަތްތެރިވެގެން އެއްޗެއްކަން ނޭނގި ނުވަތަ ގަސްތުގައި މީހުންގެ އަބުރު ކަތިލަމުން ދުވިއިރު ހަޔާތު ބާކީ އޮތްބައިގައި ހިތްދަތިކަން އިހުސާސް ކުރަން ނުޖެހޭނެކަމަށް އަޒާން ހީކުރީމު ނޫންތޯ!

comment ަސދަސދ

1 month 2 week ago

އަޒާން ިއޒް ދަ ބެސްޓް. ތި ގޮނޑި ހޯދަން ކުރިން އުޅުނު ގޮތަކަށް ދެން އާދޭސް ކުރާކަށް ނުޖެހޭނެ. ތި ގޮނޑި އަހަރުމެން އަޒާނަށް ދޭނަން.

comment ދިލްސާ

1 month 2 week ago

އަޒާން އާމެދު ކޮންމެކޮންގޮތެއް ހަނދަން ބަލަހައްޓައިގެން ނުތިބޭނަން ކުރެވޭނެ ކިތަންމެކަމެއްއޮންނާނެ ރަގަޅުކޮންމެމީހެއް ކަތިލިޔަނުދޭނަން

comment ރައްޔިތު

1 month 2 week ago

އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާދެއްވައި މެންބަރު ކަމުންނާއި ޕާޓީންވެސް ވަކިވުމެވެ ދެން އިދިކޮޅު ފަރާތްތަކުގެ ސަޕޯޓާއިއެކު އަމިއްލަގޮތުން ނުވަތަ އަނެއްޕާޓީ އާ ގުޅިވަޑައިގެން ވާދަކުރައްވައި ކާމިޔާބު ކުރެއްވުމެވެ އަމިއްލަ ވިސްނުމާއި ޚިޔާލް ކުރިއެރުވޭނީ އޭރުންނެވެ.

comment ކަމަނަ

1 month 2 week ago

އަމިއްލަގޮތުން ކުރިމަތި ލީނަމަ ރަގަޅުވީސް މިނިވަންކަން ބޭނުންވާނަމަ.

comment ޏޯ

1 month 2 week ago

ޑޯންޓް ބީ ޕަޕެޓް ބީ އަ ލީޑަރ. ސޯ ވަންޑޭ ޔޫކެން ބިކަމް އަ ގްރޭޓް resident