ފޮނަދޫ ފެން ޕްލާންޓުގެ މައްސަލަ ހައްލުކޮށް، ޚިދުމަތް ދޭން ފަށައިފި

ލ. ފޮނަދޫ

ލ. ފޮނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.

ފޮނަދޫ ޕެން ޕްލާންޓަށް މައްސަލަ ދިމާވެ އިއްޔެ ވަނީ އެ ހިދުމަތް އެ ރަށުން މެދުކެނޑިފައެވެ.

އެ ރަށަށް ފެނުގެ ޚިދުމަތް ދޭ ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މައްސަލަ ހައްލުކޮށް ފެނުގެ ޚިދުމަތް މިހާރު އިއާދަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ފެން ޕްލާންޓް ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމަށް މޯލްޑިވިއަން އިން ދިން އެހީތެރިކަމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިކަމާ ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް މިއަދު 'ސަން'އަށް ވިދާޅުވީ، ފެނުގެ ޚިދުމަތް މެދުކެނޑުނީ ފެން ޕްލާންޓުގެ މެމްބްރެއިންއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފެން ނުއުފެއްދޭތީ ކަމަށެވެ. އެ މައްސަލަ ދިމާވެފައިވާ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ރޭ އެކަން ފެނަކައިން ހައްލުކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ދިމާވީ، ޕްލާންޓުގައި ހުރި ފެން ހުސްވެ، ޚިދުމަތް މެދުކެނޑުމުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް