"ނެޕޯ ބޭބީ"އެކޭ ބުނުމުން ޕެޓްރިކް ރަތަށް!

ޕެޓްރިކް އޭނާގެ ބައްޕަ އާނޯލްޑް ސްވަޒެނޭގާ އާ އެކު

ނުވަދިހައިގެ އަހަރުތަކުގެ އެންމެ ވަރުގަދަ ތަރި ކަމަށްވާ އާނޯލްޑް ޝްވާޒެނޭގާގެ ދަރިފުޅު، ޕެޓްރިކް ޝްވާޒެނޭގާ އާ ދިމާލަށް "ނެޕޯ ބޭބީ" އޭ ގޮވާތީ އޭނާ ރުޅިގަދަ ވެއްޖެއެވެ.

މަގުބޫލު ފްރެންޗައިޒް ކަމަށްވާ "ޓާމިނޭޓާ" އަދި "ޕްރެޑެޓާ"ގައި ލީޑުން ފެނިފައިވާ އާނޯލްޑްގެ ދަރިފުޅު ޕެޓްރިކްއަކީ މިދުވަސްކޮޅު އެންމެ ގިނަ ބަޔަކު އެ ތަރިއަކާ ގުޅޭ ގޮތުން ވާހަކަ ދައްކާ އެއް ތަރިއެވެ. އެޗްބީއޯއިން ދައްކާ ހިޓް ޝޯ "ވައިޓް ލޯޓަސް"އަކީ މި ދުވަސްކޮޅު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ވެފައިވާ ޝޯއެވެ.

ޕެޓްރިކްއަކީ މި ޝޯގެ ލީޑް ކާސްޓުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެއާއެކު އެތައް ބައެއް ސޯޝަލް މީޑިއާގައި ދައްކަމުން އަންނަނީ އޭނާއަށް ރޯލު ލިބުނު ގޮތުގެ ވާހަކައެވެ. އެތައް ބަޔަކު ބުނަމުން އަންނަނީ އޭނާއަށް ރޯލު ލިބިފައިވަނީ އޭނާގެ ބައްޕަގެ ސަބަބުން އެކަނި ކަމަށެވެ. އެއާއެކު އޭނާއަކީ "ނެޕޯ ބޭބީ"އެއް ކަމަށް އެތައް ބަޔަކު ބުނަމުން ދެއެވެ.

މިކަމާ ގުޅިގެން ޕެޓްރިކް ގާތަށް ވަނީ ރުޅި އައިސްފައެވެ. އަދި ދާފިފަހުން "ދަ ޓައިމްސް"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އާ ދިމާލަށް އެހެން ކިޔާތީ ވަރަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މީހުންނަށް ހީވަނީ އަހަރެންނަށް ރޯލު ލިބުނީ ބައްޕަގެ ނުފޫޒުން ކަމަށް. އަހަރެން ކޮށްފައިވާ މަސައްކަތް އާންމުންނަކަށް ނުފެނޭ،" އޭނާ ބުންޏެވެ.

އެގޮތުން އެކްޓިން ދާއިރާގައި އޭނާ އުޅޭތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޕެޓްރިކް ބުނެއެވެ. ޕެޓްރިކް އިތުރަށް ބުނެފައިވަނީ އެކްޓިންއަށް ނުކުމެ އެތައް ނާކާމިޔާބީތަކާ ވެސް ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހެން މީހުންނަށް ފެންނަ ކަންތައް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއެވެ.

comment ކޮމެންޓް