ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށް ރޯދަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އެގޮތުން މިއަހަރު އުރީދޫއިން އެންމެ ފާހަގަކުރާ އެއް އޮފާ އަކީ އުރީދޫ ކަރާފެޅުމުގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތެވެ.
އުރީދޫ ކަރާފެޅުން:
ކުރީ ދެ އަހަރު އުރީދޫގެ ފަރާތުން ގެނެސްދިން ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫގެ ސުޕާ އެޕް މެދުވެރިކޮށް ގެނެސްދެނީ އުރީދޫ "ކަރާ ފެޅުން"އެވެ. ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމަށް އެޕަށް ވަދެ، އެޕުން ފެންނަ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެއެވެ.
ކަރާ ފަޅާލުމުން ލިބޭ ހަދިޔާތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ހިމެނެއެވެ.
ކަރާ ފަލައިގެން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އެޕަލް ބްރޭންޑުގެ ޕްރޮޑަކްޓްސް ހިމެނޭ ބިޔަ ބަންޑަލްއެއް ލިބޭނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެޕަލް އައިފޯން 16 ޕްރޯ
- މެކްބުކް އެއާ
- އެއާޕޮޑްސް 4
- އެޕަލް ވޮޗް
- އެޕަލް ޓީވީ
- އެޕަލް ހޯމްޕޮ
- އެޕަލް އައިޕެޑް
- އެޕަލް ޕެންސިލް
- އެއާޕޮޑްސް މެކްސް
- 65" ޓީވީ
.
ރޯދައިގޭ ނޫރު - ރަމަޟާން މަހުގެ ދަތުރެއް
މިއީ އުރީދޫއިން މިއަހަރު ގެނެސްދޭ ރޯދަ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގައި ކުޑަކުއްޖެއް ކަމަށްވާ ނޫރްގެ ފަރާތުންގެ ނެސްދެނީ އޭނާގެ ފުރަތަމަ ރޯދަމަހުގެ ތަޖުރިބާއެެވެ.
އެގޮތުން، ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ޚާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވެ.
ރަމަޟާން މަހުގެ އަސްލު ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް ނޫރު މަގުދައްކައިދެއެވެ.
މީގެ އިތުރުން ވެސް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އޮފާތަކެއް ރޯދަމާ ދިމަކޮސް ތައާރަފުކޮށްފައި ވެއެވެ. އޭގެތެރެގައި:
- އެމް ފައިސާ މެދުވެރިކޮސް ފިތުރު ޒަކާތް ދެއްކުން
- އެމް ފައިސާ މެދުވެރިކޮށް ރާދަ ވީއްލުމެއް ހަދިޔާކުރުން
- ނަމާދު ވަގުތު ހަނދާންކޮށްދިނުމަށް ފްރީކޮށް އެލާޓެއް ދިނުން: މި އެލާޓް އެކްޓިވޭޓް ކުރުމަށް 4777އަށް "GO" ޖައްސަވާފައި މެސެޖު ކުރެވޭނެ
- ސުޕަ ނެޓް ޑާޓާ އެޑް އޮންސް
- 20 ޖީބީ ބޯނަސް ޑާޓާ
އުރީދޫއިން ބުނީ އެ ޚިދުމަތުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމަޢަށް މާނަހުރި ގުޅުންތަކާއި ތަޖުރިބާތައް އުފެއްދުމަށް ކަމަށެވެ.