ރޯދަ މަހުގެ ކަރަންޓު ބިލަށް ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ކުރީ އަހަރަކޭ އެގޮތަށް މި އަހަރު ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލަށް ޑިސްކައުންޓު ދޭން ނިންމާފައިވާ ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިފަހުން ވަނީ އިއުލާނު ކުރައްވާފައެވެ.
މިދިޔަ އަހަރުގެ ތަޖުރިބާތަކާ ރިއާޔަތްކުރުމަށް ފަހު، ރޯދަމަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދޭ ގޮތް ނޫސްވެރިންނަށް ކިޔައިދިނުމަށް ސްޓެލްކޯއިން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
އެގޮތުން، އެ ބައްދަލުވުމުގައި ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުޙައްމަދު ވިދާޅުވީ، މިދިޔަ އަހަރު ބިލަށް ޑިސްކައުންޓު ދިނީ ރޯދަ މަހުގެ ބިލާ ފާއިތުވި ނުވަ މަހުގެ ބިލާ އަޅައިކިޔާފައި، އާންމުކޮށް ބިލަށް އަރާ މިންވަރު ބެލުމަށް ފަހުގައި ކަމަށެވެ.
އެހެން ބަލާއިރު، ޑިސްކައުންޓަށް ދެނީ އާންމުކޮށް ބިލަށް އަރާފައި އޮތް މިންވަރާއި ރޯދަ މަހުގެ ބިލާ ދެމެދު އޮންނަ ފަރަގުކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: ކޮންމެ ގޭބީސީއެއްގެ ކަރަންޓު ބިލަށް މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް
އާންމުކޮށް ބިލަށް އަރާ މިންވަރަކީ 1،500 [ރުފިޔާ] އަށްވެފައި. ރޯދަ މަހުގެ ބިލަކީ 2،000 ކަމަށްވެއްޖިއްޔާ އެ ދޭތެރޭގައި އިންނަ ފަރަގޭ ޑިސްކައުންޓުގެ ގޮތުގައި މި ދެނީ ސްޓެލްކޯގެ ސީނިއާ މެނޭޖާ އަލީ މުޖުތަބާ މުޙައްމަދު
އެގޮތަށް ބިލު ކަނޑައަޅާއިރު، ޗުއްޓީއެއް ފަދަ ތަނަކަށް ގޮސް ހުރިއިރު ރޯދަ މަހުގެ ބިލު އާންމު މަސްތަކަށް ވުރެ ކުޑަ ވުން ވެސް އެކަށީގެންވެއެވެ. އެހެންވެ، އެ ކަހަލަ ހާލަތްތަކުގައި ވެސް ކޮންމެ ގޭބީސީއަކަށް ވެސް މަދުވެގެން ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ގިނަ ވެގެން ޑިސްކައުންޓު ދޭ ލިމިޓެއް ކަނޑައަޅާފައި ނެތް ކަމަށް މުޖުތަބާ ވިދާޅުވިއެވެ،
އޭގެއިތުރުން، އެ ބައްދަލުވުމުގަިއ މުޖުތަބާ ވަނީ ސްޓެލްކޯއިން ބިލުތައް ހަދަން ރީޑިން ނަގާ ގޮތަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިއްސާކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރޯދަ މަހުން ފެށިގެން ރީޑިން ނަގަން ފަށާނީ މަހުގެ ފަހުކޮޅުގައެވެ.
އެ ގޮތަށް ބަދަލު ގެނައީ، މުސާރަ ލިބޭ ދުވަސްކޮޅަށް ބިލު ދައްކަން އިތުރަށް ފަސޭހަކުރުމަށް ޓަކައި ކަމަށާއި އޭރުން، ރީޑިން ނަގާ ދުވަހުގެ އަނެއް ދުވަހު ކަރަންޓު ބިލު ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހިސާބުން އެބޭފުޅުންނަށް މިސާލަކަށް ބިލު ބޮޑުވެއްޖެޔާ ބިލުގައި އިންނަ ރީޑިންނާ އަޅާ ކިޔާލެވޭނެ މީޓަރުގައި އިންނަ ރޭޓާ ކިހާ ވަރެއްގެ ތަފާތެއްތޯ އުޅެނީ ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުޙައްމަދު
ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓް ދީފައިވެއެވެ.