ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ގުޅިއްޖެއެވެ.
ބީއެމްއެލްއިން ބުނީ ރޯދައަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާ އަންނަ ހުކުރު ދުވަހު ނިމޭއިރު، ބީއެމްއެލް ކާޑުން އެސްޓީއޯއިންއިން ވިޔަފާރިކޮށްފައިވާ ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗާއެއް ލިބޭނެކަން ބީއެމްއެލްއިންވަނީ ބުނެފައެވެ.

"ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަން--
މީގެ އިތުރުން ބީއެމްއެލްއިން ބުނީ އަންނަ މަހުން ފެށިގެން، އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯއިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެކަމަށެވެ.
މީގެ އިތުރުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަން ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.