ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ކުލަގަދަކޮށް ގިނަ ރަށްތަކެއްގައި ފާހަގަކޮށްފި

ހއ. މުރައިދޫ ކައުންސިލުން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސްކޫލްތަކަށް ދެންނެވި ދެންނެވުމަށް އިޖާބަދީ މާދަރީބަހުގެ ދުވަސް ތަފާތު ހަރަކާތްތަކާ އެކު ގިނަ ރަށްތަކެއްގައި ފާހަގަކޮށްފިއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިން ކައުންސިލަކުން ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން މުވައްޒަފުންގެ ހިތްތަކުގައި މާދަރީބަހާއި، އަދަބިއްޔާތަށާއި ޤައުމިއްޔަތަށް ލޯ ބިޖެއްސުމުގެ މަގުސަދުގައި މިދިޔަ ހަފުތާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00ގައި ކުރިއަށް ގެންދިޔަ އެސެންބުލީއެއް ވަނީ ބާއްވާފައެވެ.

މި އެސެންބްލީގައި ހައްދުންމަތީ މާމެންދޫގެ ސަރުކާރުގެ އިދާރާތަކުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފަވެއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ ކައުންސިލުން ދުވަހަށް ޚާއްސަ ބަޖެޓެއް ކަނޑައަޅައި ތަފާތު ހަރަކާތްތަށް ކުރިއަށްގެން ގޮސްފައިވާކަމަށް އެ އެކަޑަމީން ވަނީ ބުނެފައެވެ.

ހއ. މުރައިދޫ ކައުންސިލް މި އަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގެ ކައުންސިލުން ވަނީ ދުވަހާ ގުޅޭ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަވެއެވެ.

އެގޮތުން ސަރުކާރުކާރުގެ މުއައްސަސާތަކަށް ހުޅުވައިލައިގެން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވައިފައިވާ ކަމަށާއި މިމުބާރާތުގައި 13 މުވައްޒަފަކު ބައިވެރިވެފައިވާކަން އެ އެކަޑަމީން ވަނީ ބުނެފައެވެ. އަދި މުވައްޒަފުންގެ ހިތްތަކުގައި ދިވެހިބަހާއި އަދބިއްޔާތަށް ލޯބި ޖައްސުވާ ޤައުމިއްޔަތުގެ ރޫޙު އާލާކުރުމަށް މުރައިދޫ ކައުންސިލުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފ. ނިލަންދޫ ކައުންސިލުން ވެސް ވަނީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ އެސެންލީއެއް ބާއްވައިފައެވެ.

މި އެސެންބްލީގައި މާދަރީބަހާއި ގުޅޭގޮތުން ކައުންސިލަރުންގެ ޝުއޫރުފާޅުކުރުމާއި އަލަށް އުފައްދާފައިވާ ލަފުޒުތައް އެނގޭ މިންވަރު ބެލުމުގެ މަޤުސަދުގައި އެ ލަފުޒުތައް ބޭނުންކޮށްގެން އިޝާރާތުގެ މުބާރާތެއް ކުރިއަށްގެންދިޔަކަން ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ. އަދި މި މުބާރާތުން ވަނަ ހޮވުނު މުވައްޒަފުންގެ ޓީމަށް ވަނީ އިނާމުދީފައެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ތަރައްގީ ވަމުންދާ ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި ދިވެހިބަހަށް މުވައްޒަފުންގެ ހިތްތަކުގައި ލޯބި އިތުރުކުރުންކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

comment ކޮމެންޓް