ދިވެހިރާއްޖެއިން ފަސް ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުން، ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ރުހުން ދީފިއެވެ.
އެ މަގާމުތަކަށް ރައީސް ނަން ފޮނުއްވާފައިވާ ބޭފުޅުންނަކީ:
- ބުރުނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް - މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު
- ލަގްޒަމްބާގް ނޮން-ރެސިޑެންޓް ސަފީރު ކަމަށް - ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ
- ނެދަލެންޑްސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް - ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ
- ފްރާންސަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް - އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް
- އޮސްޓްރޭލިއާގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް - ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު
އެ ފަސް ގައުމުގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އެ ބޭފުޅުން އައްޔަނުކުރުމަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަބީނާއަށް ލިބިވަޑައިގަތީ 47 މެންބަރުންގެ ވޯޓެވެ. ގީލާއަށް 48 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު އިރުތިޝާމްއަށް ލިބިވަޑައިގަތީ 45 މެންބަރުންގެ ވޯޓެވެ. އަދި ލުވޭޒަށް ލިބިވަޑައިގަތީ 48 މެންބަރުންގެ ވޯޓެވެ.
މިއިން ކޮންމެ ސަފީރަކަށް ވެސް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ.
ނިމިދިޔަ ދެ ހަފުތާގައި ވެސް ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ އިދާރާތަކަށް ޚާއްސަވާ މަންދޫބުން އައްޔަންކުރުމަށް ނަން ހުށަހަޅައި ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.