ޗައިނާ މާކެޓަށް ފެމިލަރައިޒޭޝަން ދަތުރެއް ބާއްވައިފި

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ފެމިލަރައިޒޭޝަން ދަތުރު ބާއްވައިފި: އެމްއެމްޕީއާރުސީ އަދި ޗައިނީޒް ޓްރެވަލް ޓްރޭޑް މީޑިއާ އަދި ކޭއޯއެލްތައް ބައިވެރިވިއެވެ---ޕޮޓޯ/ އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ޗައިނާގެ މީޑިއާތަކުގެ މަންދޫބުންނަށާއި ކޭއޯއެލްތަކަށް މި އަހަރުގެ ފުރަތަމަ ފެމިލަރައިޒޭޝަން ދަތުރު ބާއްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމައައް ކުރިއަށް ގެންދިޔަ މި ދަތުރުގައި ޗައިނާގެ ޓީމު ރާއްޖޭގައި ތިބީ ޕުލްމަން މޯލްޑިވްސް މާމުތާ ރިސޯޓު އަދިި ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސް ގައެވެ. މިއީ ޗައިނާގެ މާކެޓުގައި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ބޭއްވި ދަތުރެކެވެ.

މި ދަތުރުގައި ރާއްޖޭގެ ތަފާތު ސެގްމެންޓްތަކާއި ގެޓަވޭތައް ދައްކާލިއެވެ. އެ ދަތުރުގެ އަމާޒަކީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކުގެ މައްޗަށް އަލިއަޅުވައިލާ، މަންޒިލުގެ ހޭލުންތެރިކަން އިތުރުކޮށް، ޗައިނީޒް ޓްރެވަލް ޓްރޭޑް މީޑިއާ އަދި ކޭއޯއެލްތަކަށް އެ ދަތުރުގެ ފަސްޓްހޭންޑް ތަޖުރިބާތައް ފޯރުކޮށްދިނުމެވެ.

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ފެމިލަރައިޒޭޝަން ދަތުރު ބާއްވައިފި: ޗައިނީޒް ޓްރެވަލް ޓްރޭޑް މީޑިއާ އަދި ކޭއޯއެލްތައް ބައިވެރިވި --- ފޮޓޯ/ އެމްއެމްޕީއާރުސީ

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއަށް ޗައިނާއިން 56،150 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ކުރިއަށް އޮތް މާކެޓިން ހަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ކެމްޕޭންތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި މީޑިއާ ޓްރެވަލް ޓްރޭޑަށް ޚާއްސަ ފެމިލަރައިޒޭޝަން ދަތުރުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާ ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމާއި މަޝްހޫރު ފެއާތަކުގައި ބައިވެރިވުން ހިމެނެއެވެ.

ޗައިނާގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމާއި ޑިޖިޓަލް ކެމްޕޭންތަކުގެ އިތުރުން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިއްގައިމު ސޯޝަލް މީޑިއާ ކޮންޓެންޓުތަކެއް ބާއްވަން އެމްއެމްޕީއާރުސީން އަންނަނީ ތައްޔާރުވަމުންނެވެ.

އެމްއެމްޕީއާރުސީން ބުނީ، އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހިތްގައިމުކަމާއ،ި ރީތިކަމާއި ތަފާތު ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދިވެހިރާއްޖެ ދޭ އަހައްމިއްޔަތުކަން ދައްކުވައިދ،ީ ރާއްޖެއަކީ ދަތުރުފަތުރުގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން ކަމަށެވެ.

އެ ކުންފުނީގެ އަމާޒަކ،ީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކޮށ،ް އެކި ކަންކޮޅުތަކުގައ،ި ގިނަ ޤައުމުތަކުން ދަތުރުކުރާ ފަރާތްތައް އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް