މި އަހަރު ޢީދަށް ވެސް ރަށްތައް ދިއްލަން ނިންމައި، އިތުރު 36 ރަށަކަށް ޢީދު ލައިޓު ފޮނުވަން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިދިޔަ އަހަރު ޢީދުގައި ވަނީ ސިޓީތަކާއި އަތޮޅުގައި ވެރިކަން ކުރާ ރަށްތަކަށް ޢީދު ލައިޓާ ގިޑިގެތަކުން ދިއްލާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި އަހަރު ވެސް ޢީދަށް އިތުރު ރަށްތައް ދިއްލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މި ފަހަރު ލައިޓު ގެންނަނީ އިތުރު 36 ރަށަކަށް ކަމަށްވާއިރު، ކޮންމެ އަތޮޅެއްގައި އެންމެ އާބާދީ ބޮޑު ދެ ރަށަކަށް ޢީދު ލައިޓު ދޭން އެ ވުޒާރާއިން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމަށް ތަކުބީރު އިއްވުމަށާއި އިސްލާމީ ޝިއާރު ފާޅުކުރަން ގެންނަ ލައިޓުތަކެއް ކަމުން، އެކަމުން އިސްލާމީ ވަހުދަތު ރައްކާތެރިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފެންނަ ކަމަށެވެ،
މި ބައްދަލުކުރެއްވުމުގައި އާދަމް ޝަރީފް ވަނީ މިކަމަށް ޚަރަދުވާނެ ފައިސާގެ ތަފުސީލު ވެސް ހާމަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް: ވިދާޅުވީ މިއަހަރުގެ އީދަށް އިތުރު 36 ރަށަކަށް އީދު ލައިޓު ފޮނުވަން ނިންމާފައިވާ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް
ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމާ މި އަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ރާއްޖޭގައި ދިރިއުޅެނީ ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއް ކަމަށާއި މި ގައުމަކީ ތަހުޒީބާއި ރީއްޗަށް ލޯބި ކުރާ ބައެއް އުޅޭ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ލައިޓުތައް ކުރިން މާލެއަށް ތައާރަފުކުރުމުން އެ ކަމަށް އަތޮޅު ތެރޭގެ ރަށްތަކުން ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އިތުރު ލައިޓު ފޮނުވުމަށް ވެސް ބައެއް ރަށްތަކުން އެދެމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ ހިތްހަމަޖެހުމަށް މި ކުރާ ހޭދައަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު ކަމެއް ކަމަށްސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
މި ލައިޓުތަކަކީ ހަމައެކަނި ޢީދަށް ދިއްލަން ގެންނަ އެއްޗެހި ނޫން ކަމަށާއި ޖުލައި 26 ފަދަ ދުވަސް ތަކުގައި ބައެއް ރަށްތަކުން އެ ލައިޓުގެ ބައިތައް ބޭނުންކޮށްފައި ހުރި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.