ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބަޔާން މިޔުނިކުން ސެލްޓިކް ބަލިކޮށް، މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ބަޔާން ޖާގަ ހޯދީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުން ޕްލޭ އޮފް ކާމިޔާބުކޮށްގެންނެވެ. ދެޓީމުގެ މެދުގައި ސެލްޓިކްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބަޔާންއެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 1-1އިންވީ އެއްވަރެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. މެޗުގައި ލަނޑެއް ފެނުނީ 63 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖެހީ ސެލްޓިކްގެ ކޫންއެވެ. އެ ލަނޑާ އެކު ނަތީޖާ ހަމަހަމަވިއެވެ.
ބަޔާނުން މެޗުގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ވެސް އެންމެ ފަހު ހަމަލާގައެވެ. އެ ލަނޑު ޖަހައިދިނީ އަލްފަންސޯ ޑޭވިސްއެވެ.
އެ ލަނޑާ އެކު ބަޔާން މިވަނީ ޗެމްޕިއަންސް ލިގުގެ ފަހު 16 ޓީމިގެ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. ބަޔާންގެ އިތުރުން ބެންފީކާ ވެސް ވަނީ މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.
ބެންފީކާއިން މި ޖާގަ ކަށަވަރުކުރީ ޕްލޭ އޮފްގައި އޭއެސް މޮނާކޯއާއި ބައްދަލުކޮށް 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު މޮނާކޯގެ ދަނޑުގައި 1-0 އިން ބެންފީކާ ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.