ފަލަސްތީނުގެ ޗާޓު ޕޯސްޓުކުރުމުން ބެލާއަށް ފާޑުކިޔުން

ފަލަސްތީނުގެ ކުރީގެ ޗާޓެއް ޕޯސްޓުކުރުމުން މަޝްހޫރު ސުޕަމޮޑެލް ބެލާ ހަދީދް ގޯސްކޮށް ސޯޝަލް މީޑިއާގައި އޭނާއަށް ތަފާތު އެއްޗެހި ކިޔަން ފަށައިފިއެވެ.

ފަލަސްތީނަށް ނިސްބަތްވާ ބެލާ އަކީ ފަލަސްތީނުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެންމެ ކުރީން ވެސް ގޮވާލަމުން އަންނަ އެއް ތަރިއެވެ. ސޯޝަލް މީޑިއާގައި ވެސް އޭނާ އާންމުކޮށް އަންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި އެކި ކަހަލަ ޕޯސްޓުތައް ޝެއާ ކުރަމުންނެވެ. އޭގެއިތުރުން މާލީ އެހީ ދިނުމާއި އެކި ކަހަލަ ހިނގާލުމާއި ހަޅުތާލުތަކުގައި ވެސް ބެލާ ވަނީ ބައިވެރިވެފައެވެ.

https://x.com/aaronjmate/status/1891178678568022279

ނަމަވެސް ދާދިފަހުން ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން އަށް ނިސްބަތްވާ މީހުންގެ ލޭ ވަނީ ކެކިފައެވެ. ބެލާ ދާދިފަހުން އާންމުކޮށްފައިވާ ޕޯސްޓެއްގައި އޭނާ ހުރީ ޗާޓެއް ހިފަހައްޓާލައިގެންނެވެ. މި ޗާޓަކީ ފަލަސްތީނުގެ ކުރީގެ ޗާޓެކެވެ.

މި މައްސަލަ އެހާ ބޮޑަށް ހޫނުވެފައިވަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރެއްކަމަށްވާ ނެންސީ މޭސް މި ޕޯސްޓް ޝެއާ ކުރުމުންނެވެ.

ނެންސީ ޕޯސްޓުގައި ބެލާއާ ދިމާލަށް ވަރަށް ހުތުރު ބަހުން މުހާތަބުކޮށްފައިވެއެވެ. އަދި އޭނާގެ ފޮލޮވިންގައި ހިމެނޭ މީހުންނާ ހިސާބަށް މި ޕޯސްޓު ދިޔައެވެ. މި އެންމެނަކީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕަށް ސަޕޯޓު ކުރާ އިޒްރައިލު ބަލައިގަންނަ ބައެކެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ބެލާ އާ ދިމާލަށް ތަފާތު އެއްޗެހި ގޮވަމުންނެވެ. އަދި އޭނާއަށް ބިރު ދެއްކުމުގެ މެސެޖުތައް ވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ބެލާގެ ދިފާއުގައި ވެސް އެތައް ބަޔަކު ވަނީ ތެދުވެފައެވެ. އަދި ފަލަސްތީނުގެ ހަގީގީ މައުލޫމާތުތައް ވެސް އަންނަނީ އެތައް ބަޔަކު ހިއްސާ ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ބެލާ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ބެލާ އަކީ މިފަދަ ކަންތައްތަކުގައި މީހުންނަށް ރައްދު ދީ ހަދާ ތަރިއެއް ނޫނެވެ.

comment ކޮމެންޓް